މޮޑެލް ކުރުމާއި އެކްޓް ކުރުމަށް މަޝްހޫރު އެމެރިކާގެ ތަރި، ކިމް ކާޑޭޝިއަންގެ ބަނޑުގައި އޮތީ ފިރިހެން ކުއްޖެއް ކަމަށް ހަބަރުތައް ފެތުރިފައިވަނިކޮށް ކިމް އެކަން ކަވަރުކޮށްދީފި އެވެ.
ކިމްގެ ފިރިމީހާ އަދި އަންހެން ދަރިއާއެކު އިންސްޓަގްރާމް ކޮށްފައިވާ ފޮޓޯއެއްގައި ކިމް ބުނެފައިވަނީ ކެންޔޭ ވެސްޓަކީ ކިމްގެ އަންހެން ދަރިއަށް ރަނގަޅު ބައްޕައެއް ކަމަށާއި ކެންޔޭ ވާނީ ލިބެން އުޅޭ ފިރިހެން ދަރިއަށް އެންމެ ”ބެސްޓް“ ބައްޕަ ކަމަށެވެ.
https://instagram.com/p/4N5m7OOS5G/
ކިމް އަށް އަންހެންދަރިއަކު ލިބުނީ 2013 ވަނަ އަހަރު އެވެ. އަދި ކިމް ދެން ވިހާނީ އަންނަ ޑިސެމްބަރުގައި ކަމަށް މީޑީއާ ރިޕޯޓްތައް ބުނެ އެވެ.
ކިމް ކާޑޭޝިއަން އަކީ ފެޝަން ޑިޒައިނަރެއްގެ އިތުން މޮޑެލް ކުރުމާއި އެކްޓް ކުރުމުގައި މަޝްހޫރު ފަރާތެކެވެ. ޓީވީ ސީރީޒްތަކުން ގިނަބައެއްގެ މަގްބޫލުކަން ހޯދާފައިވާ ކިމް ވަނީ ބައެއް އެވޯޑްތައްވެސް ހޯދާފައެވެ. ކިމް ކައިވެނިކޮށްގެން އުޅެނީ މަޝްހޫރު ލަވަކިޔުންތެރިއެއް ކަމަށްވާ ކެންޔޭ ވެސްޓް އާއެވެ.