ޖީއެމްއާރަށް ދިން ލޯން ސަރުކާރުން ދައްކަން ނުޖެހޭނެ ކަމަށް އާބިޓްރޭޝަނުން ވަނީ ނިންމާފައި --
ޖީއެމްއާރަށް ދިން ލޯން ސަރުކާރުން ދައްކަން ނުޖެހޭނެ ކަމަށް އާބިޓްރޭޝަނުން ވަނީ ނިންމާފައި --

ޖީއެމްއާރަށް ދިން ލޯން ސަރުކާރުން ދައްކަން ނުޖެހޭނެ ކަމަށް ނިންމައިފި

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމަށް ޖީއެމްއާރުން ސިންގަޕޫރުގެ އެކްސިސް ބޭންކުން ނަގާފައިވާ 160 މިލިއަން ޑޮލަރު ދިވެހި ސަރުކާރާއި އެމްއޭސީއެލް އިން ދައްކަން ނުޖެހޭނެ ކަމަށް ސިންގަޕުރު އާބިޓުރޭޝަނުން ނިންމައިފި އެވެ.

ޖީއެމްއާރު ކުންފުނިން އިބްރާހިމް ނާސިރު އިންޓްނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމަށް 160 މިލިއަން ޑޮލަރު ނަގާފައި ވަނީ 2010 ވަނަ އަހަރު އެވެ. އެ ލޯނަށް ދިވެހި ސަރުުކާރާއި އެމް އޭސީ އެލުން ވަނީ ގެރެންޓީ ދީފަ އެވެ. އަދި ޖީއެމްއާރު އަތުން އެއާޕޯޓް ނެގުމާ ގުޅިގެން އެ ލޯނުގެ ފައިސާ ދެއްކުމަށް ސަރުކާރަށާއި އެމް އޭސީ އެލް އަށް އެކްސިސް ބޭންކުން ފޮނުވި ނޯޓިސް އަށް އަމަލު ނުކުރުމާއި ގުޅިގެން އެ ބޭނުންކުން 2013 ވަަނަ އަހަރު މައްސަލަ ހުށަހެޅީ ސިންގަޕޫރު އާބިޓްރޭޝަނަށެވެ.

މިދިޔަ ހުކުރު ދުވަހު އާބިޓްރޭޝަނުން ނިންމި ނިންމުމުގައި ބުނި ގޮތުގައި ޖީއެމްއާރުން ނެގި ލޯނަށް ސަރުކާރާއި އެމްއޭސީއެލް އިން ވެސް ޒިންމާ ވާކަށް ނުޖެހޭނެ އެވެ. އެކްސިސް ބޭންކުން ކުރި އެއްވެސް ދައުވާއެއް ސާބިތު ނުވާ ކަނޑައެޅުމުގެ އިތުރަށް، ގާނޫނީ މަސައްކަތްތަކުގެ ހަރަދުގެ ގޮތުގައި ހިނގި ފައިސާ ސަރުކާރާއި އެމްއޭސީއެލް އަށް ދެއްކުމަށް ވެސް އާބިޓްރޭޝަނުން އެކްސިސް ބޭންކަށް އެންގި އެވެ.

މީގެ ކުރިންވެސް ސަރުކާޜުން ވަނީ އެލޯނަށް ސަރުކާރު ޒިންމާނަގަން ނުޖެހޭނެ ކަމަށް ބުނެފަ އެވެ.

ޖީއެމްއާރާ އެކު ސަރުކާރުން ކުރި އެގްރިމަންޓް ބާތިލްކުރި މައްސަލަ ވެސް ސިންގަޕޫރުގެ އާބިޓްރޭޝަންގައި އަންނަނީ ހިނގަމުންނެވެ. އެ މައްސަލައިގެ އާބިޓްރޭޝަންގެ އަޑުއެހުންތައް މި މަހު ނޫނީ އަންނަ މަހު ބާއްވާނެ ކަމަށް ބެލެވެ އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *