އިނގެރޭސި ޕްރިމިއަރލީގު : ލީޑު ގެއްލުވާލާ އަރސެނަލްއިން ސުވަންސީ އަތްދަށުވެއްޖެ

ލީޑު ގެއްލުވާލާ އަރސެނަލްއިން ސުވަންސީ އަތްދަށުވެއްޖެއެވެ.

ރޭ އިނގެރޭސި ޕްރިމިއަރލީގުގައި ސުވަންސީ އާއި ދެކޮޅަށް އަރސެނަލްއިން ކުޅުނު މެޗުގައި، އަރސެނަލްއިން ގޯލެއް ޖަހާފައިވަނިކޮށް ފަހަތުންއަރާ ސުވަންސީ މޮޅުވެފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ.

ރަށުން ބޭރުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފް ނިމިފައިވަނީ 0-0 ގެ ނަތީޖާއަކުންނެވެ. ނަމަވެސް ދެވަނަ ހާފަގައި މެޗު ހުޅުވިގެންދިޔައެވެ. އެގޮތުން 63 ވަނަ މިނެޓުގައި އެލެކްސިސް ސަންޗޭޒް އަރސެނަލްއަށް ލީޑު ނަގާދިނެވެ. މިއީ ސަންޗޭޒް މި ސީޒަނުގައި ޖެހި 6 ވަނަ ގޯލައެވެ.

ލިބަރޓީ ސްޓޭޑިއަމް ހަމަހިމޭން ވެފައިވަނިކޮށް މެޗުގެ އޮއެވަރު ބަދަލުކޮށްލީ ސިގަޑްސަންގެ ހިލޭޖެހުމުންނެވެ. މެޗުގެ 75 ވަނަ މިނެޓުގައި ސިގަޑްސަންގެ ހިލޭ ޖެހުމުން މެޗުގެ ނަތީޖާ ސުވަންސީން ހަމަހަމަކުރިއެވެ. މެޗުގެ ނަތީޖާ ހަމަހަމަކުރުމަށްފަހު އަރސެނަލްއަށް ހިންދެމިލާނެ ވަގުތު ކޮޅެއްވެސް ސުވަންސީން ނުދިނެވެ. މެޗުގެ 78 ވަނަ މިނެޓުގައި މެޗުގެ ނަތީޖާ 2-1 އަށް އަނބުރާލީ ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ގޮމިސްއެވެ.

މެޗުން ބަލިވެ އަރސެނަލްއޮތީ ލީގު ތާވަލުގެ 17 ޕޮއިންޓާއެކު 6 ވަނައިގައެވެ. ސުވަންސީވަނީ 18 ޕޮއިންޓާއެކު 5 ވަނައަށް ޖެހިލާފައެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *