މީހަކަށް މަރުގެ އިންޒާރުދިން މީހަކާއި ކުޑަކުއްޖަކު ހައްޔަރުކޮށްފި

ތޫނު ހަތިޔާރު ބޭނުންކޮށްގެން މީހަކަށް މަރުގެ އިންޒާރުދިން މީހަކާއި ކުޑަކުއްޖަކު ގއ.ގެމަނަފުށިން ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މިމައްސަލާގައި ހައްޔަރު ކޮށްފައިވަނީ 19 އަހަރުގެ މީހަކާއި ކުޑަ ކުއްޖެއް ކަމަށެވެ. އެއީ ދިވެހި ފިރިހެނުން ކަމަށެވެ. މިދެމީހުން ހައްޔަރު ކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން ޖޫން 20 ވަނަ ދުވަހުގެ ރޭ 01:45 ހާއިރު  ކަމަށެވެ.

މިދެމީހުން ވަނީ ކޮނޑޭ ދަނދުގައި ޖޫން 20 ވަނަ ދުވަހުގެރޭ ފުޓުބޯޅަ ކުޅެންތިބި މީހަކާއި ޖެހުނު މައްސަލައެއްގައި އެތަނަށް ގޮސް އެތަނުގައި ހުރި މީހަކަށް އަމިއްލައަށް ދަގަނޑުން ތައްޔަރުކޮށްފައިވާ ތޫނު ހަތިޔާރެއް ބޭނުން ކޮށްގެން ބިރުދައްކައި މަރުގެ އިންޒާރު ދީފައި ކަމަށާއި މި ހަތިޔާރު އެމީހުން އަތުން އަތުލައި ގއ. ކޮނޑޭ ކައުންސިލާއި ހަވާލުކޮށްފައި ވަނީ އެގަޑީގައި ދަނޑުގައި ކުޅެން ތިބި މީހުން ކަމަށް ފުލުހުން ބުނެ އެވެ. އަދި މިމީހުން ބިރުދެއްކުމަށް ބޭނުން ކޮށްފައި ވަނީ ދަގަނޑުން އަމިއްލަ އަށް ތައްޔާރުކޮށްފައިވާ ދިގުމިނުގައި ދެ ފޫޓް ހަ އިންޗި ހުންނަ ވަރުގެ ދެ ހަތިޔާރު ކަމަށްވެސް ފުލުހުން ބުނެ އެވެ.

ފުލުހުން އިތުރަށް ބުނީ މިމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަޙުޤީޤު ކުރިޔަށް ގެންދިއުމަށް 14 ދުވަހުގެ ބަންދުގެ މުއްދަތު ގއ.ގެމަނަފުށީ މެޖިސްޓްރޭޓް ކޯޓުން ދީފައިވާކަމަށެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *