ހޫނު ގަދަވުމުގެ ސަބަބުން ތިން ދުވަސް ތެރޭގައި ޕާކިސްތާނުގައި 141 މީހަކު މަރުވެއްޖެ

ހޫނު ގަދަވުމުގެ ސަބަބުން ޕާކިސްތާނުގައި 141 މީހަކު މަރުވެފައިވާކަމަށް އެގައުމުގެ ކަމާބެހޭ ފަރާތްތަކުން އިއްޔެ ބުނެފި އެވެ.

141 މީހަކު މަރުވެފައިވާއިރު އޭގެ ތެރެއިން 132 މީހަކު މަރުވެފައިވަނީ ޕާކިސްތާނުގެ ވެރިރަށް ކަރާޗީ އިންނެވެ. ހޫނު ގަދަވުމުގެ ސަބަބުން މީހުން މަރުވި އިތުރު ސަރަހައްދުތަކުގެ ތެރޭގައި ތައްޓާ، ތަރްޕަރްކާރް އަދި ސިންދު ޕްރޮވިންސް ހިމެނޭ ކަމަށް ސިއްހަތާބެހޭ އޮފިޝަލުން ހާމަކުރެ އެވެ.

ޕާކިސްތާނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން އެގައުމުގެ ހޫނު ގަދަ ސަރަހައްދުތަކުގެ ހޮސްޕިޓަލްތައް ވަނީ ކުއްލި ހާލަތައް ގެނެސްފަ އެވެ. އެގޮތުން ހޫނުގަދަވެ މީހުން މަރުވަމުން އަންނަ ސަރަހައްދުތަކުގެ ހޮސްޕިޓަލްތަކަށް މެދުކެނޑުމެއްނެތި ކަރަންޓާއި ފެނުގެ އިންތިޒާމް ހަމަޖެއްސުމަށް ސަރުކާރުން މަސައްކަތް ފަށާފައިވާކަމަށްވެސް މީޑީއާ ރިޕޯޓްތައް ބުނެ އެވެ.

”ހޫނު ގަދަވެ ހާލު ދެރަވެގެން ގިނައިން ގެންނަނީ އުމުރުން ދުވަސްވީ މީހުން، ގެދޮރު ނެތް މީހުން، އެމީހުން ގެންނަނީ ހަށިގަނޑުގައި ފެން ހުސްވެގެން ނޫނީ ހޫނުގެ ސަބަބުން ސްޓްރޯކް ޖެހިގެން، މި ހޮސްޕިޓަލްގައި ފާއިތުވި 48 ގަޑިއިރު ތެރޭގައި މިކަމުގައި 100 އަށްވުރެ ގިނަ މީހުން މަރުވި“ ކަރާޗީގެ ޖިންނާ ހޮސްޕިޓަލްގެ އޮފިޝަލަކު ވިދާޅުވި އެވެ.

ދާދި ފަހުން އިންޑިއާގައި ހޫނު ގަދަވުމުގެ ސަބަބުން އެތައް ހާސް ބަޔަކު މަރުވި އެވެ. އިންޑިއާގައިވެސް ގިނައިން މަރުވީ ގެދޮރު ނެތް މީހުންނާއި އުމުރުން ދުވަސްވީ މީހުން ކަމަށް އެގައުމުން ބުނެ އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *