ރައީސް ޔާމީން ޗައިނާއަށް ފުރާވަޑައިގެންނެވުމުގެ ކުރިން އެއާޕޯޓުގައި -- ފޮޓޯ: ރައީސް އޮފީސް
ރައީސް ޔާމީން ޗައިނާއަށް ފުރާވަޑައިގެންނެވުމުގެ ކުރިން އެއާޕޯޓުގައި -- ފޮޓޯ: ރައީސް އޮފީސް

ޖަރުމަނަށް ކުރެއްވި ނުރަސްމީ ދަތުރުފުޅަށް ފަހު ރައީސް މާލެ ވަޑައިގެންފި

ޖަރުމަނަށް ކުރެއްވި ނުރަސްމީ ދަތުރުފުޅަށް ފަހު ރައީސް އަބްދުﷲ ޔާމީން މިއަދު އެނބުރި ރާއްޖެ ވަޑައިގެންފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް ވިދާޅުވި ގޮތުގައި ރައީސް ޔާމީން ރާއްޖެ ވަޑައިގަތީ މިއަދު ހެނދުނެވެ. އެހެން ނަމަވެސް އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

ރައީސް ޔާމީންގެ ޖަރުމަނު ދަތުރުފުޅުގެ ކުރިން ވަޑައިގެންނެވީ ޗައިނާ އަށެވެ. ޗައިނާ އަށް ވަޑައިގަތީ މި މަހުގެ 11 ވަނަ ދުވަހު އެ ގައުމުގެ ޔުނާން ޕްރޮވިންސްގެ ކުންމިން ސިޓީގައި ބޭއްވި ޗައިނާ-ސައުތު އޭޝިއާ އެކްސްޕޮޒިޝަނާއި ކުންމިން އިމްޕޯޓް އެންޑް އެކްސްޕޯޓް ފެއާގައި ބައިވެރިވެވަޑައިގަތުމަށެވެ.

ދެ ދުވަހުގެ އެ ދަތުރުފުޅަށް ފަހު ރައީސް ޔާމީން ވަނީ މި މަހުގެ 13 ވަނަ ދުވަހު، ޗައިނާ އިން ސީދާ ޖަރުމަނަށް ވަޑައިގެންފަ އެވެ. އަމިއްލަ ބޭނުންފުޅަކަށް ކުރެއްވި އެ ދަތުރުފުޅުގައި އެ މަނިކުފާނު ވަޑައިގަތީ ޖަރުމަނުގެ ފްރެންކްފާޓަށެވެ.

އެހެން ނަމަވެސް، ރައީސް ޔާމީން ޖަރުމަނަށް ވަޑައިގަތްކަން ރަސްމީކޮށް ހާމަކޮށްފައެއް ނުވެ އެވެ. އަދި އެ ދަތުރުފުޅުގެ ބޭނުމާއި އެ މަނިކުފާނާ އެކު ބައިވެރިވެވަޑައިގެންނެވި ބޭފުޅުން ފަދަ އެއްވެސް މައުލޫމާތެއް އަދި ވެސް ސާފެއް ނުވެ އެވެ.

ނަމަވެސް ރައީސް ޗައިނާއަށް ފުރާވަޑައިގެންނެވުމުގެ ކުރިން ވަނީ އެމަނިކުފާނު ވަރަށޤ އަވަޖަށް ޖަރުމަނަށް ސިއްހީ ފަރުވާ ހޯއްދެވުމަށް ވަޑައިގަންނަވާކަމަށް ބުނެ އަޑު ފަތުރާފަ އެވެ. އެހެން ކަމުން މި ދަތުރަކީ ސިއްހީ ފަރުވާ ހޯއްދެވުމަށް ކުރެއްވި ދަތުރުފުޅަކަށް ވުމަކީ އެކަށީގެންވާ ކަމެކެވެ.

މީގެ އިތުރުން ރައީސް ޔާމީން ޖަރުމަނަށް ވަޑައިގެންނެވި އިރު އެ ގައުމުގައި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމްވެސް ހުންނެވި އެވެ.

މީގެ ކުރިން ރައީސް ވަނީ އަމިއްލަ ބޭނުންފުޅުތަކަށް ސިންގަޕޫރަށް ގިނަ ދަތުރުފުޅުތަކެއް ކުރައްވާފަ އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *