facebook facebook
MVSPORTS
facebook facebook
Ads by Monster Energy Drink

ފެން ފޯކާ ދެކޮޅަށް ތައިވާނު ސަރުކާރުން ބޮޑު ބިޔަ ކެމްޕޭނެއް ފަށައިފި

ތައިވާނު ރައްޔިތުންގެ މެދުގައި، ފެން ފޯކާއި ބިލެތް ލައިގެން ދުފުމަކީ އާއްމު ކަމަކަމަށްވެފައިވާއިރު އެ ނުބައި އާދައިން ރައްޔިތުން ރައްކާތެރި ކުރުމަށް ތައިވާނުން ބޮޑު ބިޔަ ކެމްޕޭނެއް ފަށައިފި އެވެ. އެ ގައުމުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އެ ކެމްޕޭނުގައި ސަރުކާރުން އެންމެ އިސްކަމެއް ދެނީ ފެންފޯއް ދަނޑުތަކުގެ...

އެތްތަކެއްގެ ދަށުވެ ރޮހިންގާ ރެފިއުޖީންތަކެއް މަރުވެއްޖެ

މިޔަންމާއިން ރޮހިންގާ ދަރިކޮޅުގެ އެތައް ލައްކަ މުސްލިމުންނެއް ބަންގްލަދޭޝް އަށް ހިޖުރަކޮށްފައިވާއިރު އެތްތަކެއްގެ ދަށުވެ ރޮހިންގާގެ ހަތަރު މުސްލިމަކު މަރުވެއްޖެ އެވެ. ހޮނިހިރު ދުވަހުގެ ދަންވަރު ވަގުތެއްގައި ހިނގި މި ހާދިސާގައި މަރުވެފައިވަނީ ކުޑަ ތިން ކުއްޖަކާއި އަންހެނެކެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ރޮހިންގާ ރެފިއުޖީން ނިދާފައި...

އިނގިރޭސީންގެ ގާނޫނު ހަދާ މަޖިލީހަށް ސައިބަރ ހަމަލާ ދިންކަމުގެ ތުހުމަތު އީރާނަށް

އިނގިރޭސިވިލާތުގެ ދަ ގްރޭޓް ބްރިޓަންގެ ޕާލިމެންޓަށް ނިސްބަތްވާ ގިނަ އީމެއިލް އެކައުންޓުތަކެއް ހެކްކޮށްލިކަމުގެ ތުހުމަތު އެގައުމުން އީރާންއަށް ކޮށްފިއެވެ. މި އަހަރުގެ ޖޫންމަހު ދިން މި ހަމަލާގެ ތުހުމަތު އެންމެ ފުރަތަމަ ކޮށްފައިވަނީ ރަޝިޔާއަށެވެ. އެހެން ނަމަވެސް ބްރިޓަންގެ އިންޓެލިޖެންސް އެޖެންސީއިން ހިންގި ތަހުގީގުގެ ރިޕޯޓުގައި ބުނެފައިވަނީ ނުވަ...

އެެމެރިކާއަށް ފޯރާވަރުގެ މިސައިލެއް އުތުރުކޮރެއާއިން ޓެސްޓް ކުރަނީ !

އުތުރު ކޮރެއާއިން އަނެއްކާވެސް މިސައިލެއް ޓެސްޓު ކުރަން ތައްޔާރުވަމުން ދާކަމަށް ރިޕޯޓުތައް ބުނެފިއެވެ. ދެކުނު ކޮރެއާގެ ސަރުކާރުގެ މަސްދަރަކާއި ހަވާލާދީ މި ރިޕޯޓުތަކުގައި ބުނެފައިވަނީ އުތުރު ކޮރެއާއިން މިސައިލްތަކެއް ހޭންގަރ ތަކުން ނެރެގެނެ ލޯންޗަރ ތަކުގައި ގެންދާ މަންޒަރު އެމެރިކާގެ ސެޓްލައިޓަކަށް ފެނިފައިވާކަމަށެވެ. އަދި މި ރިޕޯޓުތައް ބުނާގޮތުން...

އަންހެނުންނަށް މަހުރަމަކާ ނުލާ ހައްޖަށް ދެވޭގޮތަށް އިންޑިއާގެ ގާނޫނަށް ބަދަލު ގެންނަނީ

އަންހެނުންނަށް މަހުރަމަކާނުލާ ހައްޖަށް ދެވޭގޮތަށް އިންޑިއާގެ ގާނޫނަށް އިސްލާހު ގެންނަން އިންޑިއާގެ ހައްޖު ޕޮލިސީ ޕެނަލުން ހުށަހަޅައިފި އެވެ. މި ހުށަހެޅުމުގައި ބުނެފައިވަނީ އުމުރުން 45 އަހަރުން މަތީގެ އަންހެނުން ދަތުރު ކުރަނީ ހަތަރު މީހުންގެ މައްޗަށް އެކުލެވޭ ގްރޫޕެއްގައި ނަމަ މަހްރަމަކާނުލާ ދަތުރު ކުރެވިދާނެ ކަމަށެވެ. މި...

ހިޒްބުﷲ ޖަމާއަތުގެ ދެމީހެއްގެ ބޮލަށް އެމެރިކާއިން 12 މިލިޔަން ޑޮލަރު ހުށަހަޅައިފި

ލުބުނާނުގެ ހަނގުރާމަމަތީ ޖަމާއަތެއް ކަމުގައިވާ ހިޒްބުﷲގެ ދެމީހެއްގެ ބޮލަށް އެމެރިކާއިން 12 މިލިޔަން ޑޮލަރު ހުށަހަޅައިފި އެވެ. މިވަރުގެ ބޮޑު އަދަދެއް ހުށަހަޅާފައިވަނީ އެ ޖަމާއަތުގެ ފޮރިން އޮޕަރޭޝަންސްގެ ވެރިޔާ ތަލާލް ހާމިޔާ އާއި މިލިޓަރީ އޮޕަރޭޝަންސް ޑިޕާޓްމެންޓުގެ ވެރިޔާ ފުއާދު ޝުކުރުގެ ބޮލަށެވެ. އެގޮތުން ތަލާލް އުޅޭ ތަނެއް...

ކުރުދިސްތާނު މިނިވަންވާން ނެގި ވޯޓު އިންތިޒާމުކުރި މީހުން ހައްޔަރުކުރަން ކޯޓު އަމުރު ނެރެފި

އިރާގުގެ ކުރުދިސްތާނަކީ މިނިވަން ވަކި ގައުމެއްގެ ގޮތުގައި ކުރިއަށް ގެންދިއުމަށް ނެގި ވޯޓު އިންތިޒާމުކުރި ކޮމިޓީގެ މެމްބަރުން ހައްޔަރު ކުރުމަށް އިރާގުގެ ކޯޓަކުން އަމުރު ނެރެފި އެވެ. އިރާގުގެ ވެރިރަށް ބަގްދާދުގެ ކޯޓަކުން މި އަމުރު ނެރެފައިމިވަނީ އިރާގުގެ ނެޝަނަލް ސެކިއުރިޓީ ކައުންސިލުން މިކަމަށް އެދުމުންނެވެ. ނެޝަނަލް ސެކިއުރިޓީ...

ހޫތީންގެ މިސައިލް ހަމަލާއެއް ސައުދީ ސްކޫލަކަށް އަމާޒުވެއްޖެ

ޔަމަނުގެ ދާހިލީ ހަނގުރާމައިގެ މަސްރަހު އިންތިހާއަށް ގޯސްވެފައިވާ މި ދަނޑިވަޅުގައި ހޫތީން ފޮނުވާލި މިސައިލް ހަމަލާއެއް ސައުދީ ސްކޫލަކަށް އަމާޒުވެއްޖެ އެވެ. އިއްޔެ ފޮނުވާލި މި ހަމަލާ އަމާޒުވެފައިވަނީ ސައުދީ އަރަބިއްޔާގެ ޖަޒާން ރީޖަންގެ އަލް ޖަރަދިއްޔާ އަވަށުގައި ހުންނަ ސްކޫލަކަށެވެ. މި ހަމަލާގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާއެއް...

ޖެހި ޓެޓޫގެ ސަބަބުން ލޮލުން އަންނަން ފެށީ ދަނބު ކަރުނަ

ރީތިވުމަށް ލޮލުގައި ޓެޓޫޖެހި މޮޑެލްއެއް ލޯ ހަލާކުވެ ކަނުވުމުގެ ފުރުސަތު ބޮޑުވެއްޖެއެވެ. އުމުރުން 24 އަހަރުގެ ކެޓް ގަލިންގާ އޭނަގެ ކަނާތު ލޮލުގައި ޓެޓޫ ޖެހީ ލޮލުގެ ހުދުބައިގައި ދަނބު ކުލަޖެއްސުމަށެވެ. ލޯ ސަކަރާތްވާކަން އޭނައަށް އެނގެން ފެށީ ލޮލުން ދަނބު ކުލައިގެ ކަރުނައެއް އަންނަން ފެށުމުންނެވެ. އަދި...

 ދިވާލީ ފާހަގަ ކުރަން ދިއްލީގައި ބަޑިބޭސް ބޭނުންކުރުން މަނާކޮށްްފި

އިންޑިއާގައި ކޮންމެ އަހަރަކުވެސް ފާހަގަކުރާ ދިވާލީގައި، މިއަހަރު ބަޑިބޭސް ބޭނުންކުރުން އެގައުމުގެ ސުޕްރީމް ކޯޓުން މަނާކޮށްފިއެވެ. ކޯޓުން ދިވާލީގައި ބަޑިބޭސް މަނާކޮށްފައި މިވަނީ މިދިޔަ އަހަރުގެ ދިވާލީގައި ބޭނުންކުރި ބަޑީބޭހުގެ ސަބަބުން އާދަޔާ ހިލާފަށް ވައި ތަގައްޔަރުވުުންނެވެ. އެފަހަރު ވަނީ ޕީއެމް2.5 ޕާޓިކަލްސް ވަނީ ހުންނަންޖެހޭ ވަރަށްވުރެ 16...
-ads by cocacola-