facebook facebook
MVSPORTS
facebook facebook
Ads by Monster Energy Drink

ރާއްޖެ ޓީވީ އަލުން ފަށައިފި

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހުއްޓާލި ރާއްޖެ ޓީވީ އަލުން ފަށައިފި އެވެ. ރާއްޖެ ޓީވީ އަލުން ފަށާފައިވާއިރު އެ ޓީވީން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީމިހާރު ވަގުތީ ގޮތުން މެދުކަނޑާލާފައިވާ ރާއްޖެ ޓީވީގެ އާންމު ކޮންޓެންޓް، ފެބްރުއަރީ 11، 2018 ވަނަ ދުވަހުގެ ހެނދުނު 07:00ގައި އަލުން...

ތިން ފަނޑިޔާރުން ނެރުނު އަމުރާމެދު ޝައްކު އުފައްދާނަމަ ފިޔަވަޅު އަޅާނެ: ސުޕްރީމް ކޯޓު

މި މަހުގެ 01 ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރުގެ ބައެއް ބާތިލުކޮށް އަންގާރަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރާއި މެދު ޝައްކު އުފައްދާނަމަ ފިޔަވަޅު އަޅާނެ ކަމުގައި ސުޕްރީމް ކޯޓުން ވިދާޅުވެއްޖެ އެވެ. ސުޕްރީމް ކޯޓުން މިހެން ވިދާޅުވެފައިވަނީ ސުޕްރީމް ކޯޓުން ރޭ ނެރުއްވާފައިވާ...

އުމަރު ރައީސް ޔާމީނަށް: ތީ ފެއިލްވެފައިވާ ޓެކްޓިކްސް ތަކެއް

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިހާރު ބޭނުންފުޅު ކުރައްވަމުން އެ ގެންދަވަނީ ފެއިލްވެފައިވާ ޓެކްޓިކްސް ތަކެއް ކަމުގައި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާލުވެއްޖެ އެވެ. އުމަރު މިހެން ވިދާޅުވީ ރޭ ކުރައްވާފައިވާ ޓްވީޓެއްގައި އެވެ. އެ ޓްވީޓްގައި އުމަރު ވިދާޅުވެފައިވަނީ ތާރީހު އަންނަނީ އިއާދަވަމުން ކަމަށެވެ. ޖުޑީޝަރީއަށް...

ޓެކްސް އެޕީލް ޓްރިބިއުނަލްގެ ރަޖިސްޓްރަރ މަގާމުން ވަކި ކޮށްފި

އެއްވެސް ފަރާތަކުން ޓެކްސް ނުދެއްކުމަށް ގޮވާލާތީ، ޓެކްސް އެޕީލް ޓްރިބިއުނަލްގެ ރަޖިސްޓްރަރ ގެ މަގާމުގައި ހުންނެވި ސ.ހިތަދޫ/ރީތިގަސްދޮށުގެ، އަލްއުސްތާޛާ މާޖިދާ މަޖުދީ، މަގާމުން ވަކި ކޮށްފި އެވެ. އެ ޓްރިބިއުނަލުން މީޑިއާތަކަށް ފޮނުވާފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ މާޖިދާ ވަކިކޮށްފައިވނީ ގާނޫނީގޮތުން އުފެދިފައިވާ ސަރުކާރާމެދު ސުވާލު އުފައްދާ، އެއްވެސް ފަރާތަކުން...

ފާރިސް މައުމޫން ދޫކޮށްލައިފި

ރައީސް މައުމޫންގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން ދޫކޮށްލާފައިވާކަމަށް ގާނޫނީ ވަކީލު ހުސެއިން ޝަމީމް ވިދާޅުވެއްޖެ އެވެ. https://twitter.com/HuShameem/status/960721088211664896 ވަކީލް ހެނދުނު 08:45 ގައި ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ފުލުހުން ދޫނިދޫ  ބަންދުން ފާރިސް ދޫކޮށްލާފަައިވާކަމަށާއި މިހާރު ދަތުރުކުރަމުން އަންނަނީ މާލެއާއި ދިމާއަށް ކަމަށެވެ. އަޕްޑޭޓް: 09:08 މީޑިއާތަކަށް...

ރައީސް މައުމޫން އަދި ނަދީމް ހައްޔަރު ކޮށްފި

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އަދި އެމަނިކުފާނުގެ ދަނބިދަރިކަލުން މުހައްމަދު ނަދީމް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ. ރައީސް މައުމޫން އަދި ނަދީމް ހައްޔަރު ކޮށްފައިވަނީ ރައީސް މައުމޫން ދިރިއުޅުއްވާ ގެ އެންދެރިމާގެއިންނެވެ. އެ ގެއަށް ސަލާމަތީ ބާރުތަކުން ވަދެފައިވަނީ އެ ގޭގެ ދޮރު ވައްޓާލައިގެންނެވެ. ރައީސް މައުމޫން...

ރައީސަށް މެސެޖު ކޮށް ނުހެއްދެވުމަށް ސަޕޯޓަރުންނާއި ރައްޔިތުންގެ ކިބައިން އެދެން: ތަރުޖަމާނު

ރައީސަށް މެސެޖުކޮށް ނުހެއްދެވުމަށް ސަޕޯޓަރުންނާއި ރައްޔިތުންގެ ކިބައިން، ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާޙިމް މުއާޒް އަލީ ވިދާޅުވެއްޖެ އެވެ. ތަރުޖަމާނު މިހެން ވިދާޅުވީ ދެންމެ ކުރެއްވި ޓްވީޓެއްގައި އެވެ. އެ ޓްވީޓްގައި ތަރުޖަމާނު ވިދާޅުވެފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ފޯނުކޮޅު މެދުވެރިކޮށް ރައްޔިތުންނާއި ސަޕޯޓަރުންނާ މެދު އަބަދުވެސް ދަނީ ނުހަނު ގާތް ގުޅުމެއް...

ދެކުނުގެ އަތޮޅުތަކަށް ވައިޓް އެލާޓް ނެރެފި

މިހާރު ކުރަމުން އަންނަ ވިއްސާރައިގާ ދެކުނުގެ އަތޮޅުތަކަށް ވައިޓް އެލާޓް ނެރެފި އެވެ. މޫސުމާއިބެހެ ގައުމީ އިދާރާއިން ހެނދުނު 07:30 ގައި ވައިޓް އެލާޓް ނެރެފައިވަނީ ވ އަތޮޅާއި އައްޑޫ ސިޓީ އާއި ދެމެދުގެ ރަށްތަކަށެވެ. ވައިޓް އެލާޓްގައި ބުނެފައިވަނީ މިއަދު ހެނދުނު 07:45 އިން މެންދުރު 01:00 އާއި...

އަމުރު ތަންފީޒު ނުކުރާތީ އެޑިއުކޭޝަންގެ އިސް ވެރިއަކު އިސްތިއުފާ ދެއްވައިފި

މިނިސްޓްރީ އޮފް އެޑިއުކޭޝަންގައި ސީނިއަރ ޕޮލިސީ އެގްޒެކެޓިވްއެއްގެ މަގާމު އަދާކުރަމުން އަންނަ އަހުމަދު ރިޔާޒް އިސްތިއުފާ ދެއްވައިފި އެވެ. އޭނާ ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ސުޕްރީމް ކޯޓުގެ ހުކުމަށް ތަބާނުވާ ސަރުކާރެއްގެ ވަޒީފައިގާ ހުންނަން ބޭނުން ނުވާ ކަމަށެވެ. އަހުމަދު ރިޔާޒް އިސްތިއުފާ ދީފައިވާއިރު ސުޕްރީމް ކޯޓުން ކުރި...

ރައީސް ސިންގަޕޫރަށް ދާން އުޅޭ ޚަބަރު ތަރުޖަމާނު ދޮގު ކުރައްވައިފި

ރާއްޖޭގެ ސިޔާސީ މަސްރަހު ގޯސްވެފައިވާ މި ދަނޑިވަޅުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ގައުމު ދޫކުރައްވައި ސިންގަޕޫރަށް ވަޑައިގަންނަން އުޅޭ ކަމަށް ބުނެ ފެތުރެމުން އަންނަ ޚަބަރު ރައީސްގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ދޮގު ކުރައްވައިފި އެވެ. "ރައީސުލްޖުމްހޫރިއްޔާ ސިންގަޕޫރަށް ފުރާވަޑައިގަންނަވަން އުޅުއްވާ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަ...
-ads by cocacola-