facebook facebook
MVSPORTS
facebook facebook
Ads by Monster Energy Drink

ހިތް އެދޭވަރުން…. 16 ވަނަ ބައި

ކުރީގެ އަދަދާއި ގުޅޭ...... ''މާފަތިހަކާއި ހޭލައިގެން ކަލޭމެން ތިގަންނަނީ ކޮން ސަކަރާތެއް ހެއްޔެވެ؟'' ސިޓިންރޫމުގައި މާއަޑުގަދަވެގެން ކޮޓަރީގައި ޤުރުއާން ކިޔަވަން ނީދެވިގެން އައިސް ސިޓިންރޫމަށް ބޯދިއްކޮށްލަމުން ބޮޑުދައިތަ ގޮވާލިއެވެ. ''މިއީ ފަތިސްނަމާދު ވަޤުތު. ނަމާދު ނުކޮށް ތިގަންނަނީ ކޮންސަކަރާތެއްތަ؟'' ސިޓިންރޫމުގައި ދިއްލާފައިވާ ބޮކީގެ ފަޑުއަލިކަމުގެ ތެރެއިން އެމީހުންނާއި ދިމާއަށް...

ހިތް އެދޭވަރުން – 15 ވަނަ ބައި

ކުރީގެ އަދަދާއި ގުޅޭ...''ޒީ. ކާކުގެ އިންތިޒާރުގަ މިތާގަ ތިހިރީ.'' ހޮސްޕިޓަލުގެ ކޮރިޑޯގައި ދެކޮޅު ދެކޮޅަށް ހިނގާލަ ހިނގާލާ ހުރި ޒީޝާނު ފެނުމުން ޝާހިލް އައިސް ޒީޝާން ގާތަށް ހުއްޓެމުން އަހާލިއެވެ.''މީހެއްގެ އިންތިޒާރުގައެއް ނޫން. ނީލާމެންވީ މިތާކައިރީގަ ހުރި ބޭސްފިހާރައަކަށް ގޮސް. އެމީހުން ނައިސްގެން މިހިރީ.'' ޒީޝާނު މަޑުމަޑުން...

ހިތް އެދޭވަރުން – 14 ވަނަ ބައި

ކުރީގެ އަދަދާއިގުޅޭ.. ރޭގަނޑުގެ ކެއުމަށް އިންސާފު ކުރެވެމުންދަނީއެވެ. ޝާހިލް ފިޔަވައި އެންމެންވެސް ކާޒުދޮށުން ފެންނަށް ތިއްބެވެ. ނަވީލްވެސް ތައްޓަށް އެޅި ބަތްކޮޅު ހާވާލަ ހާވާލާ އިނެވެ. ހީވަނީ އޭނާ އެއިނީ ކޮންމެވެސް ކަމަކާއި ހިތްހަމަ ނުޖެހިފައި ހެންނެވެ. ޒީޝާން ފެނުމުން ބަލާ ނުލިތާ އަނގައިންވެސް ނުބުއްޏެވެ. އޭނާ އިސްދަށަށް...

ހިތް އެދޭވަރުން 13 ވަނަ ބައި

ކުރީގެ އަދަދާއިގުޅޭ ނިޔާމަ ދަތުރަކަށް ފަހު ޒީޝާންމެން ދަތުރުކުރަމުން ދިޔަ ލޯންޗު އައިސް ހިތަދޫގެ ބަދަރަށް ވަނީ މެންދުރު ބާރަގަޑިބައިވެ އުޅެނިކޮށްށެވެ. އަވަސް އަރުވާލާފައި ލޯންޗުން ފައިބައިގެން ގޮސް ތިންމީހުންވެސް އެރީ ރިޢުމާން ބަލާ އައިސް އޮތް ކާރަށްށެވެ.ހީވަނީ ކޮންމެ މީހަކުވެސް ބޭނުންވަނީ އަވަހަށް ގެއަށް ގޮސް ދަތުރުގެ...

ހިތް އެދޭވަރުން – 12 ވަނަ ބައި

ކުރީގެ އަދަދާއި ގުޅޭ .. ޒީވެސް އެބައުޅެންދޯ.'' މާހިލަށް ޒީޝާނާއި ދިމްނާ ފެނުނީ ފިހާރައިން ނިކުތް ވަގުތުއެވެ. ''އަހަރެން މުޅި ރަށުތެރޭގައި އެބުރުނަސް ނުފެންނަކަމަށް ވިއްޔާ ހަދާނީ. ދެން ހެވޭ. ފެންނަށް ޖެހޭމީހާ ފެނެއެއްނު.'' ޒީޝާން ދިމްނާއާއި ދިމާއަށް ލާނެއް ވައްތަރަކަށް ބަލާލަމުން ބުއްޏެވެ. ''އެއްޗެކޭ ދޯ ތިބުނެލީ.'' މާހިލް ހިނިތުން...

ހިތް އެދޭވަރުން — 11 ވަނަ ބައި

ކުރީގެ އަދަދާއި ގުޅޭ.. ''ޒީ ހަމަ ފުރަނީތަ؟'' ޒީޝާން ފޮއްޓަށް އެއްޗެހި އަޅަމުން ދަނިކޮށް ކޮޓަރީގެ ދޮރުމައްޗަށް އައިސް ހުއްޓުނީ ނަވީލެވެ. ''ހޫނ. އަނެއްކާ ކިހިނެއްވީތަ؟'' ޒީޝާން ނަވީލަށް ބަލާލަމުން ބުނެލިއެވެ. ''ޒީދިޔައިމަ ދެން ނުހުންނާނެ އަހަންނާއި އަނގައިން ބުނެލާނެ މީހެއްވެސް މިގެއަކު.  އޭރުން ހާދަ ފޫއްސެއް ވާނެއޭ.''ނަވީލް...

ހިތް އެދޭވަރުން … 10 ވަނަ ބައި

ކުރީގެ އަދަދާއި ގުޅޭ... ޒީޝާން ގޮސް ނޫރާގެ ކޮޓަރިއަށް ވަންއިރު ނޫރާ އިނީ ކޮންމެވެސް ކުއްޖަކަށް ގުޅައިގެން މާ އޮލަވާހަކައެއްގައެވެ. ވުމާއެކު ޒީޝާންވެސް ނޫރާއަށް އުނދަގޫ ނުކުރަންވެގެން ގޮސް އިށީއްނީ ތަންކޮޅެއް ދުރުގައެވެ.ނަމަވެސް ނޫރާއަށް ޒީޝާން ވަންތަން ފެނުމުން މާގިނައިރު ފޯނުގަ އިންނާކަށް ބޭނުމެއް ނުވިއެވެ. ފަހުން ގުޅާލާނަމޭ...

ހިތް އެދޭވަރުން … ނުވަ ވަނަ ބައި

ކުރގެ އަދަދާއި ގުޅޭ.... ކުއްލިއަކަށް ޒީޝާނަށް ހީވީ އެހިޔަނި ކުޑަދޮރާއި ގާތްވަމުން ދާހެންނެވެ. ޒީޝާނު ބިރުގަންނަށް ފަށައިފިއެވެ. އަވަސް އަވަހަށް ދޮރުފޮތިގަނޑު ވައްޓާލުމަށް ފަހު ދުރަށް ޖެހިލިއެވެ. ފާރުގައި ލެގިލުމަށް ފަހު މޭގައި އަތްއަޅާލަމުން ދެލޯމަރާލިއެވެ.އެއަށް ފަހު ފުންނޭވައެއްލިއެވެ. ޒީޝާނަށް ހީވަނީ އެހިޔަންޏަށް އޭނާ ފެނުނުހެންނެވެ. އަނެއްކާ އެހިޔަނީގެ...

ހިތް އެދޭވަރުން .. އަށްވަނަ ބައި

ކުރީގެ އަދަދާއި ގުޅޭ ރިއުމާން މިސްކިތުން ނިކުން އިރު މިސްކިތުގެ ދޮރުމަތީގައި ހިޝާމުހުންނެވިއެވެ. ހީވަނީ ކޮންމެވެސް މީހެއްގެ އިންތިޒާރުގައި ހުރިހެންނެވެ. ރިއުމާނަށް ހިޝާމު ފެނުމާއެކު އޭނާގާތަށް ދިޔުމަށް ހިނގައިގަތެވެ. ''ހިޝާމުބޭ. ކާކުގެ އިންތިޒާރުގަ މިތާގަ ތިހުންނެވީ.'' ރިއުމާން ގޮސް ހިޝާމު ގާތަށް ހުއްޓެމުން ބުއްޏެވެ. ''ރިއުމާން މިސްކިތުން ފައިބާތޯ މިހިރީ....

ހިތްް އެދޭވަރުން – ހަތްވަނަ ބައި

ކުރީގެ އަދަދާއި ގުޅޭ ''މަންމާ.ކޮބާ ޒީދައްތަ.'' ޔޫހާ ވާހަކަ ދެއްކީ ފާހާފޮށި ދަށުގައި އިން ޝާހިދާއާއިއެވެ. ''ދަރިފުޅާ! ކިހިނެއްވީ އަނެއްކާ ޒީދައްތަ ތިހޯދަނީ.'' ޝާހިދާ ޔޫހާއަށް ބަލާލަމުން ބުއްޏެވެ. ''ޒީދައްތަ ހޯދަން ބޭބެއެއް އައިސް އެބަހުރި. އެބޭބެ ބުނި ޒީދައްތައަށް ގޮވާދީބަލާށޭ.'' ޔޫހާ މަޑުމަޑުން ބުއްޏެވެ. ''އަނެއްކާ ކާކުބާ؟''...
-ads by cocacola-