ރައީސް މައުމޫން އާއި ދެ ފަނޑިޔާރުންގެ ހާލުކޮޅު ބަލައިފިން: ހައުސިން މިނިސްޓަރު

0
ދުވަސް އެމްވީ
ގުޅުން ހުރި
Ads by Ooredoo Maldives

ފުލުހުންގެ ބަންދުގައި ހުންނެވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އާއި ފަނޑިޔާރު އަލީ ހަމީދުގެ ހާލުކޮޅު ބައްލަވާލައްވާފައިވާކަމުގައި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މުއިއްޒު މިހެން ވިދާޅުވީ ދެންމެ ކުރެއްވި ޓްވީޓެއްގައި އެވެ.

Ad by Poise Perfumes

އެ ޓްވީޓްގައި މުއިއްޒު ވިދާޅުވެފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ މަންދޫބެއްގެ ހައިސިއްޔަތުން ރަީސް މައުމޫން، އުސްތާޒް އަބްދުﷲ ސައީދު، އުސްތާޒް އަލީ ހަމީދު އާއި ބައްދަލުކޮށް އެ ތިން ބޭފުޅުންގެ ހާލުކޮޅު ބަލާފައިވާކަމަށެވެ.

“އެ ތިން ބޭފުޅުން ސިއްހީ ހާލުކޮޅާ، ހުންނަވާތަނާބެހޭ މައުލޫމާތުފަދަ ކަންކަން އޮޅުންފިލުވިން” މިނިސްޓަރު ވިދާޅުވެފައި ވެ އެވެ.

ރައީސް މައުމޫންއާއި ދެ ފަނޑިޔާރުން ބަންދުކޮށްފައިވަނީ ސަރުކާރު ވައްޓާލަން އުޅުމާއި އިތުރު ބައެއް ތުހުމަތުތަކާއިއެކުގައި އެވެ.

0
Ad by SportsPlus
ގުޅުން ހުރި
SHARE

LEAVE A REPLY