ކަތި ނަޒަރުން އިންޓަނެޓްގެ ރާނީއަކަށްވި ޕްރިޔާ އަށް އެކަން ޤަބޫލުނުކުރެވިފައި

0
ދުވަސް އެމްވީ
ގުޅުން ހުރި
Ads by Ooredoo Maldives

ފާއިތުވި ދެތިން ދުވަހު ސޯޝަލް މީޑިޔާގައި މީމްސްގެ ގޮތުގައާއި ވީޑިއޯ އަދި ފޮޓޯގެ ގޮތުން ބާރު ސްޕީޑެއްގައި ދައުރުވަމުންދާ ކަތި ނަޒަރުގެ އަންހެންކުއްޖާ އަކީ ކާކުތޯ ބަލާލުމަށް ގިނަ ބަޔަކު ބޭނުންވާނެއެވެ.

އުމުރުން 18 އަހަރުގެ މަލަޔާލަމްގެ މި އެކްޓްރެސްއަކީ ސައްވީސް ގަޑީރުތެރޭގައި އެތައްބަޔެއްގެ ނަޒަރު ހުއްޓިގެން ދިޔަ އެކްޓްރެސްއެކެވެ. ޕްރިޔާ ޕްރަކާޝް ވާރިޔާގެ ފުރަތަމަ ފިލްމު ” އޯރޫ އަދާރް ލަވް” ގެ ލަވައެއްގެ 21 ސިކުންތު ވަނީ އިންޑިޔާގެ އިތުރުން އެހެން ޤައުމުތަކުގެވެސް އެތައް ބަޔެއްގެ ޝައުގުވެރިކަން ހޯދާފައެވެ. ލަވައިގައި ޕްރިޔާ އޭނާގެ ކޯ-އެކްޓަރ އާ ދިމާލަށް ބުމަ އަރުވާލާ ހިނުތުންވެލާ ބަލާލި ކަތިނަޒަރުންމިވަނީ އެތައް ބަޔެއްގެ ހިތްތައް ޒަޚަމްކޮށްލާފައެވެ.

Ad by Poise Perfumes

ލިބެމުންދިޔަ ތަރުޚީބު ބަޔާންކޮށް ހޯމަ ދުވަހު ޕްރިޔާ ކުރި ޓްވީޓެއްގައި ބުނެފައިވަނީ ލިބެމުންދާ ލޯތްބާއި ތާޢީދަށް ޝުކުރުކުރާކަމަށާއި 4.3 މިލިޔަން މީހުން އެ 21 ސިކުންތުކޮޅު ޔޫޓިޔުބުން އެދުވަހާއި ހަމައަށް ބަލާފައިވާއިރު އޭނާގެ އިންސްޓަރގްރާމް ފޮލޯ ކުރާމީހުންގެ އަދަދުވެސް ގިނަވެފައިކަމުގައެވެ. މިހާތަނަށް ޕްރިޔާގެ އިންސްޓަރގްރާމް ފޮލޯވަރސްގެ އަދަދު 2.6 މިލިޔަނަށް އަރާއިރު ޕްރިޔާ މިވަނީ މަޝްހޫރު އެކްޓަރުންނަށްވުރެ ވެސް ފޮލޯވަރސްގެ ގޮތުން ކުރީގައެވެ. މިކަންކަމާގުޅިގެން ޕްރިޔާ ބުނެފައިވަނީ މިފަދަ މަޝްހޫރުކަމެއް ލިބުމުން އެކަން ޤަބޫލުކުރަން އުނދަގޫކަމަށާއި މިސަޕޯޓާއި ލޯތްބާއެކު އުޅޭނެގޮތެއް އަދި ނޭންގޭކަމަށެވެ. މީގެއިތުރުން އޭނާގެ މެއިލްބޮކްސް ފިރިހެނުންގެ މެސެޖްތަކުން ފުރިފައިވާކަމަށް ޕްރިޔާވަނީ ބުނެފައެވެ. ފެބްރުއަރީ 14 ވަނަ ދުވަހަކީ ލޯބިވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަސްކަމަށްވުމާއެކު އެދުވަހު ބޭރަށް ދިޔުމުގެ ދައުވަތުތައް ލިބެމުންދާކަމަށް ޕްރިޔާވަނީ ބުނެފައެވެ. މިކަމަށްޖަވާބުދެމުން ޕްރިޔާ ބުނީ އޭނާގެ ދިރިއުޅުމުގައި ޚާއްސަ މީހެއް ނެތްކަމަށާއި ދިރިއުޅުމުގެ ހުރިހާކަމެއްވެސް ހުރީ ކިޔެވުމާއި މޮޅު އެކްޓަރަކަށްވުމަށް ކަމަށެވެ. އަދި 14 ފެބްރުއަރީ ގައިވެސް އޭނާގެ ކޮލެޖް އޮންނާނެކަމަށާއި ކިޔަވަން ދާންޖެހޭކަމަށް ޕްރިޔާ ވަނީ ބުނެފައެވެ.

ކޮންމެއަކަސް ކަތި ނަޒަރުން އިންޓަރނެޓްގެ ރާނީކަން ކުރަމުންދާ ޕްރިޔާއަށް ލިބެމުންމިދާ ތަރުޚީބާއެކު އޭނާގެ ފުރަތަމަ ފިލްމު ހިޓްވެގެންދާނެކަމަށް މިހާރު ވަނީ ބެލެވެންފަށާފައެވެ. އެންމެ ސީނަކުން އެތައްބަޔެއްގެ ހިތްތައް ފަތަހަކޮށްފައިވާއިރު މުޅި ފިލްމުން ކިތައް މީހުންގެ ހިތް ފަތަހަ ކުރާނެބާވައެވެ. އެކަމަށްޖެހޭނީ ކުޑަ އިންތިޒާރެއްކޮށްލާށެވެ. މަރޗްމަހުގެ 3 ވަނަ ދުވަހު ފިލްމު ރިލީޒްވުމުން ޕްރިޔާގެ އެފަދަ އެތައް މަންޒަރެއް ބަލާލުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

0
Ad by SportsPlus
ގުޅުން ހުރި
SHARE

LEAVE A REPLY