ދީޕިކާ އާއި ރަންވީރު މިއަހަރު ކައިވެނިކުރަނީ؟!

0
ދުވަސް އެމްވީ
ގުޅުން ހުރި
Ads by Ooredoo Maldives

ދީޕިކާ އާއި ރަންވީރު ކައިވެނި ކުރަން އުޅޭ ވާހަކަޔަކީ ދޭތެރެ ދޭތެރެއިން މީޑިޔާގެ ފަލަ ސުރުޚީތަކަށް އަރާ ވާހަކައެވެ. އެކަމާބެހޭ ގޮތުން ސުވާލުކޮށްފި ނަމަ ދެމީހުންވެސް އެކަމަށް އިންކާރުކުރެއެވެ. މިހާތަނަށް އާއިރު ދެމީހުންގެ ދެމެދުގައި ލޯބީގެ ގުޅުމެއް އޮތްކަމަށްވެސް އެއްބަސްވެފައި ނުވެއެވެ. އެހެންކަމުން އަދި ކައިވެނި ކުރަން އުޅޭކަމަށް އެއްބަހެއް ނުވާނެތާއެވެ. މިފަހަރުވެސް މިވަނީ މިދެމީހުންގެ ކައިވެނީގެ ވާހަކަތަކެއް މީޑިޔާއަށް ތިލަވެފައެވެ.

މީޑިޔާ ރިޕޯޓްތައް ބުނާގޮތުން ދީޕިކާ އާއި ރަންވީރު އަންނަނީ މިއަހަރުގެ މެދު ތެރޭ ކައިވެނިކުރުމަށް ތައްޔާރުވަމުންނެވެ. ރިޕޯޓްތައް ބުނާގޮތުން ދެމީހުންނަށްވެސް ކަމުދަނީ ޑެސްޓިނޭޝަން ވެޑިންގް އެކެވެ. މިކަންކަމާ ގުޅޭގޮތުން ރަންވީރު އާއި ސުވާލުކޮށްލުމުން ވަރަށް ހައިރެންވެ ހުރެ ބުނެފައިވަނީ ތިއީ އޭނާއަށް އިނގޭކަމެއް ނޫންކަމުގައެވެ. އެހެންނަމަވެސް އެކަންކަމާ މެދު ވިސްނާކަމަށާއި އެކަމަކު އަދި އެއްވެސް ކަމެއް ފައިނަލްވެފައިނުވާކަމަށް ރަންވީރު ވަނީ ބުނެފައެވެ. ދީޕިކާ ވެސް ވަނީ ހަމަ އެފަދަ އިބާރާތަކުން ޖަވާބު ދީފައެވެ. ދީޕިކާ ބުނެފައިވަނީ އަދި އެކަމާމެދު އެއްޗެއް ބުނަން ނޭންގޭކަމަށާއި ކައިވެންޏަކާއި ހަމައަށްދާން އަދި ވަގުތު ނަގާނެކަމަށެވެ.

Ad by Poise Perfumes

ކޮންމެ އަކަސް މިދެމީހުން ކުރެ އެކަކުވެސް މިކަމަށް އެއްބަސްވާކަށް ނޫޅުނެވެ. ފަހަރެއްގައި އަނުޝްކާ އާއި ވިރާތު ހެދިހެން ސިއްރުން ކައިވެނި ކުރުމަށްފަހު ފޮޓޯ ލާނީ ކަންނޭންގެއެވެ. ދެން ބަލަން ތިބެމާއެވެ.

0
Ad by SportsPlus
ގުޅުން ހުރި
SHARE

LEAVE A REPLY