ކަޅު ފޮށިން ރައީސް މައުމޫނާ ދެކޮޅަށްވެސް ހެކި ލިބިއްޖެ: ފުލުހުން

0
ދުވަސް އެމްވީ
ގުޅުން ހުރި
Ads by Ooredoo Maldives

އެންދެރިމާގެއިން ނެރެގެން ގެންދިޔަ ކަޅު ފޮށިން ކުރީގެ ރައީސް މައުމޫނާއި ދެކޮޅަށްވެސް ހެކި ލިބިފައިވާކަމުގައި ފުލުހުން ހާމަކޮށްފި އެވެ.

ފުލުހުން މިކަން ހާމަކޮށްފައިވަނީ މީގެ ކުޑައިރުކޮޅެއް ކުރިން އިސްކަންދަރު ކޮށީގައި ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެވެ.

Ad by Poise Perfumes

ނޫސްވެރިންގެ އެ ބައްދަލުވުމުގައި ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމަށް ފާރިސް މައުމޫން، ރައީސް މައުމޫން މެދުވެރިކޮށް މަސައްކަތް ކުރިކަމުގެ ހެކި، ނަޖްމާ އިބްރާހިމްގެ ގެއިން ރިކަވަރ ކުރި ފޮށި ތެރެއިން ލިބިފައިވާކަމަށެވެ.

ފުލުހުން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފައިވަނީ އެ ފޮށިން ފާރިސް މައުމޫން އާއި ދެކޮޅަށް ހެކި ލިބިފައިވާކަމަށެވެ.

0
Ad by SportsPlus
ގުޅުން ހުރި
SHARE

LEAVE A REPLY