ދުނިޔޭގެ ލީޑަރުން ޓެގް ކުރައްވައި، ބައްޕަ ދޫކޮށްލުމަށް ދުންޔާ ގޮވާލައްވައިފި

2
ދުވަސް އެމްވީ
ގުޅުން ހުރި
Ads by Ooredoo Maldives

ހަތަރު ތުހުމަތަކާއެކު ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ދޫކޮށްލުމަށް އެ މަނިކުފާނުގެ ދަރިކަނބަލުން ދުންޔާ މައުމޫން ގޮވާލައްވައިފި އެވެ.

ދުންޔާ މިކަމަށް ގޮވާލެއްވީ އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއާ ގުޓަރޭސްފަދަ ބައެއް ބޭފުޅުން ޓެގް ކުރައްވައި ކުރެއްވި ޓްވީޓެއްގައި އެވެ.

Ad by Poise Perfumes

ރައީސް މައުމޫން އަކީ ގައުމުގެ ބައްޕަ ކަމުގައި ސިފަ ކުރައްވަމުން ދުންޔާ ގޮވާލައްވާފައިވަނީ ރައީސް މައުމޫން ދޫކޮށްލުމަށާއި އާއިލާއާއި ގާނޫނީ ވަކީލުންނަށް ރައީސް މައުމޫން އާއި ބައްދަލުކުރެވޭގޮތް ހަމަޖައްސައިދިނުމަށާއި ސިއްހީ އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.

ރައީސް މައުމޫން ހައްޔަރުކޮށްފައިވާތާ މިއަދަށް ހަ ދުވަސް ވެފައިވާއިރު މައުމޫން ދޫކޮށްލުމަށް ދުންޔާ ގޮވާލެއްވި މިއީ ފުރަތަމަ ފަހަރެވެ.

0
Ad by SportsPlus
ގުޅުން ހުރި
SHARE

2 ކޮމެންޓް

  1. އާއިލާ ވީމާ އިހްސާސްތައް ހުންނާނެ. ބައްޕަ އެވަރު ކަމެއް ކުރިއިރު ދަރިންނާ ގައުމާ ދޭތެރޭ ނުވިސްނީމަ ޤައުމު މިއޮތީ މިނިވަންކަން ގެއްލުމުގެ ތުންފަތްމަތީގައި. މިކަމުގެ ޒިންމާ އިރެއްގަ ކިތަންމެ ޤަދަރުވެރި އަދި މިހާރު ކިތަންމެ އުމުރުން ދުވަސްވެފައި ހުއްޓަސް މައުމޫނު ނަންގަވަން ޖެހޭނެ. ވަކި ބޭފުޅެއްވީމަ ޤާނޫނުން އެއްކިބާ ކުރެވޭ ކަމަށްވަންޏާ ޤާނޫނެއް އޮތުމުގެ ބޭނުމެއް ނެތް. ކޮންމެ މީހަކަސް ކުށުގެ ހައްޤު ޢަދަބު ދެވެންވާނެ

  2. މައުމޫނުގެ ވެރިކަމުގައި ހައްޔަރު ކުރި އެތައް ދަރިންގެ ބައްޕައިންނެއް ޖަލު ގޮޅީގައި ދުނިޔެ ދޫކޮށްފައި ދިޔަ އިރު އެދަރިންނަށް ޓެގެއް ކޮށްލާނެ ފުރުޞަތެއް ވެސް ނުލިބޭ

LEAVE A REPLY