މާދަމާ ހާޒިރުވާން އަންގައި، އިލްހާމްގެ އަނބިކަނބަލުން ދޫކޮށްލައިފި

0
ދުވަސް އެމްވީ
ގުޅުން ހުރި
Ads by Ooredoo Maldives

މިއަދު ހައްޔަރު ކުރި، ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދުގެ އަނބިކަނބަލުން އާމިނަތު މާޝާ މިއަދު ދޫކޮށްލައިފި އެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން އިލްހާމްގެ ކޮއްކޮ، އަލްއުސްތާޛް އާދަމް ޒާލިފް ވިދާޅުވީ އިލްހާމްގެ އަނބިކަނބަލުން ދެންމެ ދޫކޮށްލާފައިވާއިރު މާދަމާ ހެނދުނު 09 ޖަހާއިރު ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގާފައިވާކަމަށެވެ.

Ad by Poise Perfumes

ފުލުހުން މިއަދު މާޝާ ހައްޔަރުކޮށްފައިވަނި އެއްވެސް ތުހުމަތަކާއި ނުލާ ކަމުގައި އޭނާގެ ގާނޫނީ ވަކީލު ވަނީ ބުނެފައި އެވެ. މާޝާ ދޫކޮށްލާފައިވާއިރު އޭނާގެ ފިރިކަލުން އިލްހާމް އަހުމަދު ހޯދުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުންނެވެ. އިލްހާމްގެ އާއިލާއިން ބުނެފައިވަނީ އިލްހާމް ވީތަނެއް އާއިލާއަށްވެސް ނޭނގޭ ކަމަށެވެ.

0
Ad by SportsPlus
ގުޅުން ހުރި
SHARE

LEAVE A REPLY