އެސްޓީއޯ ސުޕަމާރޓް އިން ޗޮކްލެޓް ފެސްޓް ފަށައިފި

0
ދުވަސް އެމްވީ
ގުޅުން ހުރި
Ads by Ooredoo Maldives

 11 ފެބްރުއަރީ 2018 – ފާއިތުވި އަހަރުތަކެކޭވެސް އެއްފަދައިން މިއަހަރުވެސް އެސްޓީއޯ ސުޕަމާރޓް އިން ޗޮކްލެޓް ފެސްޓުގެ ނަމުގައި ޕޮރޮމޯޝަނެއް ފަށައިފިއެވެ.

އެސްޓީއޯއިން ހާމަކުރާގޮތުގައި ފެބުރުއަރީ 11 އިން 17 އަށް އެސްޓީއޯ ސުޕަމާޓްގައި ކުރިޔަށް ގެންދާ މިޕޮރޮމޯޝަންގައި ތަފާތު ބްރޭންޑްތަކުގެ ޗޮކްލެޓުން ޑިސްކައުންޓް ލިބިވަޑައިގަންނަވާނެއެވެ.  މީގެ އިތުރުން މިމުއްދަތުގައި -/250 ރުފިޔާއަށްވުރެ އިތުރަށް ޗޮކްލެޓްގެ ވިޔާފަރި ކުރައްވާ ފަރާތްތަކަށް ވަރަށް ޚާއްސަ އިނާމުތަކަކާއެކު ލަކީޑްރޯއެއް ކުރިޔަށްދާނެއެވެ.

Ad by Poise Perfumes

“މިލަކީޑްރޯގެ ދަށުން 3 ފަރާތަކަށް ޗޮކޮލެޓްގެ ތަފާތު ވައްތަރުތައް ހިމެނޭގޮތަށް ގިފްޓްޕެކްތަކެއް ލިބިގެންދާނެއެވެ. މީގެ އިތުރުން، މި ޕޮރޮމޯޝަންގެ ތެރެއިން ތަފާތު ވައްތަރުގެ ޗޮކުލެޓްގެ ރަހަ ބައްލަވަން ބޭނުންފުޅުވާ ބޭފުޅުންނަށް ޕްރޮމޯޝަންގެ ތެރެއިން އެކި ގަޑި ތަކުގައި އެފުރުސަތުވެސް ހުޅުވައިލެވިފައިވާނެއެވެ. ” އެސްޓީއޯއިން ބުނެ އެވެ.

އެސްޓީއޯއިން ބުނީ މި ޕޮރޮމޯޝަންގައި ހަމައެކަނި ޗޮކްލެޓް ފެސްޓަށް ހާއްސަކޮށްގެ އަލަށް ނެރޭ އެތަށް ވައްތަރެއްގެ ޗޮކްލެޓް ހިމެނޭ ކަމަށާއި މި ޕޮރޮމޯޝަން ކުރިޔަށްދަނީ އެންމެ ފުޅާ ދާއިރާއެއްގައި ރާއްޖެއަށް ޗޮކްލެޓު އެތެރެކޮށް ވިއްކާ މިފަހަރުގެ ޗޮކްލެޓް ފެސްޓުގެ ޕާޓްނާސް ކަމުގައިވާ ވީބީ، ޔޫރޯ، ސީންކޯގެ ވަރަށް ބޮޑު އެހީތެރިކަމާއި އެއްބާރުލުމާއިއެއްކޮށް ކަމަށެވެ.

0
Ad by SportsPlus
ގުޅުން ހުރި
SHARE

LEAVE A REPLY