ދިވެހި ސަރުކާރުން ބޭރުގެ އަސްކަރީ އެހީއަށް އެދިފައިނުވާނެ: ޑިފެންސް

0
ދުވަސް އެމްވީ
ގުޅުން ހުރި
Ads by Ooredoo Maldives

ދިވެހިރާއްޖޭގައި މިވަގުތު ހިނގަމުންދާ ކަންކަމާގުޅިގެން، އެއްވެސް އިރެއްގައި ދިވެހި ސަރުކާރުން ބޭރުގެ އަސްކަރީ އެހީތެރިކަމަށް އެދިފައިނުވާނެ ކަމުގެ ޔަގީންކަން އަރުވާ ކަމުގައި ޑިފެންސް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން މިހެން ބުނެފައިވަނީ މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި އެވެ.

Ad by Poise Perfumes

އެ ނޫސްބަޔާނުގައި ބުނެފައިވަނީ ބޭރުގެ އަސްކަރީ އެހީތެރިކަން ހޯދުމަށް ސަރުކާރުން ބޭރު ދައުލަތްތަކުގައި އެދިފައިވާކަމަށްބުނެ ހަބަރު ފަތުރާ ވަސީލަތްތަކުން ފަތުރަމުންދާ ގޮދު ހަބަރުތަކާ ގުޅޭގޮތުން މި މިނިސްޓްރީން ކަންބޮޑުވުން ފާޅުކުރާ ކަމަށެވެ.

“ދިވެހިރާއްޖޭގައި މިވަގުތު ހިނގަމުންދާ ކަންކަމާގުޅިގެން، އެއްވެސް އިރެއްގައި ދިވެހި ސަރުކާރުން ބޭރުގެ އަސްކަރީ އެހީތެރިކަމަށް އެދިފައިނުވާނެ ކަމުގެ ޔަގީންކަން އަރުވަމެވެ.” އެ ނޫސް ބަޔާނުގައި ބުނެފައި ވެ އެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ދިވެހިރާއްޖޭގެ އިސްތިގުލާލަށް ހުރުމަތްތެރިކޮށް ހިތުމަށާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާ އެއްގޮތްވާ ގޮތުގެމަތިން ގާނޫނުގެ ވެރިކަން ދެމެހެއްޓުމާއެކު، ދިވެހިރާއްޖޭގެ ދާހިލީ ކަންކަން އަމިއްލައަށް ހައްލުކުރުމުގެ ގާބިލުކަން ދިވެހިރާއްޖެއް ލިބިގެންވާކަން ބަލައިގަތުމަށް މި މިނިސްޓްރީން ކަމާގުޅުންހުރި އެންމެހައި ފަރާތްތަކަށް ގޮވައިލާކަމަށެވެ.

0
Ad by SportsPlus
ގުޅުން ހުރި
SHARE

LEAVE A REPLY