ރާއްޖެ ޓީވީ އަލުން ފަށައިފި

0
ފޮނަދޫ އަޒްމީ އަލީ
ގުޅުން ހުރި
Ads by Ooredoo Maldives

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހުއްޓާލި ރާއްޖެ ޓީވީ އަލުން ފަށައިފި އެވެ.

ރާއްޖެ ޓީވީ އަލުން ފަށާފައިވާއިރު އެ ޓީވީން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީމިހާރު ވަގުތީ ގޮތުން މެދުކަނޑާލާފައިވާ ރާއްޖެ ޓީވީގެ އާންމު ކޮންޓެންޓް، ފެބްރުއަރީ 11، 2018 ވަނަ ދުވަހުގެ ހެނދުނު 07:00ގައި އަލުން ފެށުމަށް ނިންމާފައިވާ ވާހަކަ ދަންނަވަމެވެ. ފެބްރުއަރީ 8، 2018 ވީ ބުރާސްފަތި ދުވަހުގެ ރޭ 1045 އިން ފެށިގެން ރާއްޖެޓީވީގެ އާއްމު ކޮންޓެންޓް ދެއްކުން ހުއްޓާލަން މަޖުބޫރުވީ ސްޓޭޝަންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ނުވާ ދަރަޖައަށް ކަންކަން ގޯސްވެ، ލިބެމުން ދިޔަ އިންޒާރުތައް އިތުރުވެ، ސްޓޭޝަނަށާއި މުވައްޒަފުންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ކުރެވޭނެ އިތުރު އެއްވެސް ކަމެއް ނެތުމުގެ ސަބަބުން ކަމަށެވެ.

Ad by Poise Perfumes

“ކުއްލި ނުރައްކަލުގެ ހާލަތަކީ ގާނޫނު އަސާސީގެ 28 ވަނަ މާއްދާގައި ބަޔާންކުރާ ނޫސްވެރިކަމުގެ މިނިވަންކަން އޮތް ހާލަތެއް ކަމަށް ވީހިނދު، ރާއްޖެ ޓީވީއަށް ކުރިމަތިވަމުން އައި ބިރުވެރިކަމަށް ހައްލެއް ހޯދުމަށާއި ސްޓޭޝަންގެ ހިމާޔަތާއި ރައްކާތެރިކަން ކަށަވަރުކޮށް ދިނުމަށް އެދި ބްރޯޑްކާސްޓަރުންގެ ބެލެނިވެރި ފަރާތްތަކުގައިވާ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ އިތުރުން މޯލްޑިވްސް ޕޮލިސް ސާވިސް އަދި އެމްއެންޑީއެފްގައި ވާނީ އެދިފަ އެވެ. ނަމަވެސް އެއްވެސް މުއައްސަސާއަކުން އެކަށީގެންވާ ޖަވާބެއް އަދި ނުލިބެ އެވެ.” ރާއްޖެ ޓީވީގެ ބަޔާނުގައި ބުނެފައި ވެ އެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ މާތް ﷲ އަށް ވަކީލުކޮށް، ރާއްޖެ ޓީވީގެ އާންމު ކޮންޓެންޓް އަލުން ފަށަން ނިންމީ، އެތައް ބަޔަކު އަލުން ހިދުމަތް ފެށުމަށް އެދެމުން ދިއުމާއި، ރާއްޖެ ޓީވީއާމެދު ފާޅުކުރި އިޚްލާސްތެރި، ލޮބުވެތި ޝުއޫރުތަކުން ހިތްވަރުލިބިގަންނަމުން ކަމަށެވެ.

0
Ad by SportsPlus
ގުޅުން ހުރި
SHARE

LEAVE A REPLY