ސިނަމާތަކުގައި ޕަދްމާވަތު އަދިވެސް ހުއްޓުމެއް ނެތި ކުރިއަށް

0
ދުވަސް އެމްވީ
ގުޅުން ހުރި
Ads by Ooredoo Maldives

ފިލްމެއް އެޅުވުމުގެ ކުރިން ބޮލީވުޑްގެ ފިލްމަކަށް ކުރިމަތިނުވާފަދަ ދަތިތަކާއި ހުރަސްތައް ކުރިމަތިވި ފިލްމު ޕަދްމާވަތު ސިނަމާތަކަށް އައުމަށްފަހު ވަނީ އެހުރިހާ ކަމެއް ހަނދާންނައްތާލާފައި ކަހަލައެވެ. މީގެ ދެހަފްތާކުރިން ސިނަމާތަކަށް އައި މިފިލްމަށް މިހާތަނަށް 231 ކްރޯޑް ރުޕީސް ލިބިފައިވާއިރު މިފިލްމު އަންނަނީ ބޮލީވުޑް ބޮކްސް އޮފީހުގެ ގިނަ ރިކޯޑްތަކެއްވެސް މުގުރަމުންނެވެ. ސަންޖޭ ލީލާ ބަންސާލީގެ މިފިލްމަކީ މިފިލްމުން ފެނިގެންދާ އެއް ތަރިކަމަށްވާ ރަންވީރު ސިންގެ އެންމެ ކާމިޔާބު ފިލްމަށް މިވަނީ ވެގެންގޮސްފައެވެ. ފިލްމު ނިކުތް ހަފްތާގައި މިފިލްމު 114 ކްރޯޑް ރުޕީސް ހޯދާފައިވާއިރު މިއީ ރަންވީރު ސިން މިހާތަނަށް ކުޅެފައިވާ ފިލްމުތަކުގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ރުޕީސް ހޯދި ފިލްމެވެ. އަދި ފިލްމުގެ ލީޑް އަންހެންތަރި ދީޕިކާ ޕަދުކޯންގެ 100 ކްރޯޑް ހޯދި ފިލްމުތަކުގެ ތެރެއިން 7 ވަނަ ފިލްމަށް ޕަދްމާވަތީ މިވަނީ ވެގެންގޮސްފައެވެ.

ދީޕިކާ މިހާތަނަށް ކުޅެފައިވާ ފިލްމުތަކުގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ ރުޕީސް ހޯދި ޗެންނާއީ އެކްސްޕްރެސް ގެ ރިކޯޑް މުގުރާލުމަށްފަހު ޕަދްމާވަތު ވެގެންގޮސްފައިމިވަނީ ދީޕިކާގެ އެންމެ ކާމިޔާބު ފިލްމަށެވެ. މިފިލްމުން ފެނިގެންދާ ވަކިވަކި ތަރިންގެ ރިކޯޑްތައް މިފިލްމު މުގުރާލާފައިވާއިރު ، އިންޑިޔާ ސިނަމާތަކަށް އައި ފިލްމުތަކުގެ ތެރެއިން އެންމެ ކާމިޔާބު 10 ފިލްމުގެ ލިސްޓަށްވެސް މިހާރު ވަނީ ޕަދްމާވަތު އިތުރުވެގެންގޮސްފައެވެ. 250 ކްރޯޑް ރުޕީސް އާ ދިމާލަށް މިފިލްމު ދަތުރުކުރަމުންދާއިރު ކުރިޔަށް އޮތް ތަނުގައިވެސް އެހެން ރިކޯޑްތައް މިފިލްމު މުގުރާލާނެކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ.

Ad by Poise Perfumes

ސުލްތާން އަލާއުއްދީން ޚިލްޖީގެ މައްޗަށް މިފިލްމު ބިނާވެފައިވާއިރު މިފިލްމުން ދީޕިކާ ފެނިގެންދަނީ ރާނީ ޕަދްމާވަތީގެ ރޯލުންނެވެ. ޝާހިދު ކަޕޫރު މަހާ ރާވަލް ރަތަން ސިންގެ ރޯލުން ފެނިގެންދާއިރު ރަންވީރު ފެނިގެންދަނީ ސުލްތާން އަލާއުއްދީން ޚިލްޖީގެ ރޯލުންނެވެ. މިފިލްމަށް އޯޑިއަންސް އާއި ކްރިޓިކްސް އިން ވެސް ރަނގަޅު ތަރުޚީބެއް ލިބެމުންދާކަން ފާހަގަކޮށްލެވެއެވެ.

0
Ad by SportsPlus
ގުޅުން ހުރި
SHARE

LEAVE A REPLY