ޒޭން މަލިކުގެ ފުރަތަމަ ހިންދީ ލަވަ ރިކޯޑްކޮށްފި

0
ދުވަސް އެމްވީ
ގުޅުން ހުރި
Ads by Ooredoo Maldives

ގިނަ އަންހެންކުދިންގެ ހިތްތަކުން ޖާގަހޯދާފައިވާ މަޝްހޫރު އިނގިރޭސި ލަވަކިޔުންތެރިޔާ ޒޭން މަލިކު ބޮލީވުޑްގެ ލަވައެއް ރިކޯޑްކޮށްފިއެވެ. އޭނާގެ ލަވަކިޔުމުގެ ކެރިއަރުގައި ފުރަތަމަ ފަހަރަށް ހިންދީ ލަވައެއް ރިކޯޑްކޮށްފައިވާއިރު ޒޭން ބުނެފައިވަނީ މިލަވަ އޭނާ އެއްކޮށްވެސް ކިޔާފައިވާނީ ހިންދީ ބަހުންކަމުގައެވެ. އިންޑިޔާގެ މަޝްހޫރު މެގަޒިންއަކަށް ދީފައިވާ އިންޓަރވިއުއެއްގައި ޒޭން ބުނެފައިވަނީ އޭނާ ވަރަށް އަވަހަށް ބޮލީވުޑްގެ ތެރެއިން ލަވަކިޔުންތެރިއެއްގެ ގޮތުގައި ފެނިގެންދާނެކަމުގައެވެ. ” އަހަރެން ފުރަތަމަ ފަހަރަށް މުޅި ލަވައެއް އެއްކޮށް ހިންދީ ބަހުން ކިޔާފައި މިރިކޯޑްކުރީ. އަހަރެން މިހުރީ މިލަވަޔަށް މީހުންގެ ފަރާތުން ލިބޭނެ ޚިޔާލުތައް ބަލާލާހިތުން ” ޒޭން އިންޓަރވިއު ދެމުން ބުނެފައިވެއެވެ.

ދުނިޔޭގެ ފެންވަރުގެ ލަވަކިޔުންތެރިއެއް ހިންދީ ބަހުން ކިޔާފައިވާ ލަވައެއް އަޑުއަހާލުމަށް ގިނަބަޔަކު އިންތިޒާރުކުރާނެކަމަކީ ޝައްކެތްވެސް އޮތް ކަމެއް ނޫނެވެ. ޚާއްސަކޮށް އޭނާގެ ފޭނުން މިކަމަށް ވަރަށް އިންތިޒާރުކުރާނެއެވެ. ޒޭން ބުނެފައިވަނީ އޭނާއަކީ ބޮލީވުޑް ފިލްމުތަކަށް ވަރަށް ޝައުގުހުންނަ އެފިލްމުތައް ބަލާ މީހެއްކަމުގައެވެ. އެއާއެކު ޒޭންވަނީ އޭނާގެ ފޭނުންނަށް އެހެން އުފާވެރި ޚަބަރެއްވެސް ދީފައެވެ. އެއީ އުރުދޫ ބަހުންވެސް އޭނާ ލަވައެއް ރިކޯޑްކުރާނެކަމުގެ ޚަބަރެވެ. ޒޭން ބުނީ އޭ.އާރު ރަހުމާންއާއެކު އޭނާ ލަވައެއްގެ މަސައްކަތް ކޮށްފައިވާކަމަށެވެ. އެހެންކަމުން ކުރިޔަށް ނިކުންނަން އޮތް އޭނާގެ އަލްބަމުން ފޭނުންނަށް މިލަވަތައް އިވިގެންދާނެއެވެ.

Ad by Poise Perfumes

މީގެއިތުރުން ޒޭން އާ ވަނީ ބޮލީވުޑްގެ ކިންގް ޝާހުރުކްޚާން އާވެސް ބައްދަލުވެފައެވެ. މިދެމީހުން ބައްދަލުވެ ނެގި ސެލްފީ ސޯޝަލް މީޑިޔާގައި ވައިރަލް ވެފައިވާއިރު ޒޭން ބުނީ ޝާހު އާ ދިމާވަންދެންވެސް އޭނާއަކީ ޝާހުގެ ފޭނެއް ނޫންކަމުގައެވެ. ” އަހަންނަކީ އަސްލު ޝާހުގެ މާބޮޑު ފޭނެއްނޫން އޭނާ އާ ދިމާވަންދެން.. އެކަމަކު ދިމާވީމާ އިނގިއްޖެ އޭނާއަކީ ކިހާ ހިތްތިރި މީހެއްކަން.ޝާހުގެ މުޅިން އެހެން ސައިޑެއް އަހަންނަށް ފެނިގެންދިޔައީ.. ފިލްމު ތަކުން އަހަންނަށް ޝާހު ފެންނަނީ ވަރަށް ގޮތްދޫނުކުރާ ހަރުކަށި ގޮތެއް ހުންނަ މީހެއްގެ ގޮތުގައި..އެކަމަކު ދިމާވީމާ މިއިނގުނީ ޝާހަކީ ވަރަށް ރަނގަޅު މީހެއް..ޝާހާ މެދު އަހަރެން ދެކޭގޮތް މުޅިން ބަދަލުކޮށްލައިފި..” ޒޭން ބުންޏެވެ.

0
Ad by SportsPlus
ގުޅުން ހުރި
SHARE

LEAVE A REPLY