ޕެޑް މޭން އަށް ވުމުގެ ފުރުސަތު ލިބުނީ އަންހެނުން ގާތު އާދޭސް ކޮށްގެން: އަކްޝޭ ކުމާރު

0
ދުވަސް އެމްވީ
ގުޅުން ހުރި
Ads by Ooredoo Maldives

ސިނަމާތަކަށް އައުމަށް މިހާރު ތައްޔާރުވެފައިވާ ޕެޑް މޭންއަކީ ސޯޝަލް މެސެޖެއް މުޖުތަމަޢުއަށް ދިނުމަށް އުފައްދާފައިވާ ފިލްމެކެވެ. އިންޑިއާގެ ސޯޝަލް އެކްޓިވިސްޓެއްކަމުގައިވާ މުރުގަނަންތަމް ޕެޑް މެޝިނެއް އުފެއްދިގޮތާއި އޭނާގެ ހަޔާތުގެ މައްޗަށް އުފައްދާފައިވާ މިފިލްމުގެ ލީޑްރޯލުން ފެނިގެންދާ ތަރިޔަކީ އަކްޝޭ ކުމާރުއެވެ. މި ފިލްމަކީ މުރުގަނަންތަމްގެ ހަޔާތުގެ މައްޗަށް، އަކްޝޭގެ އަންހެނުން ޓްވިންކަލް ކަންނާ ލިޔެފައިވާ ފޮތެއްގެ މައްޗަށް ކުޅެފައިވާ ފިލްމެކެވެ.

  މިފިލްމުގެ ސްކްރީނިންނެއް ދާދިފަހުން ވަނީ ދިއްލީގައި ބާއްވާފައެވެ. އިންޑިޔާގެ އައި އެންޑް ބީ މިނިސްޓާރ ސްމިރިތީ އިރާނީ އާއި ޔުނައިޓެޑް ނޭޝަން އިންޑިޔާގެ ޚާއްސަ އިލްތިމާސެއްގެ ދަށުން ބޭއްވި މިސްކްރީނިންއަށް އައިސްފައިވަނީ ޔޫއެން އިންޑިޔާއާއި ގުޅުންހުރި ފަރާތްތަކާއި ސްކޫލްތަކުގެ ޕްރިންސްޕަލުންނެވެ. ފިލްމު ސްކްރީނިން ނިމުމުން ފިލްމުގެ ކާސްޓުންވަނީ އޯޑިއަންސާ ބައްދަލުކޮށް ފިލްމާ ބެހޭގޮތުން އޯޑިއަންސާ ވާހަކަދައްކާފައެވެ. މިވާހަކަތަކުގެ ތެރޭގައި އެންމެން ހައިރާންކޮށްލީ މިފިލްމު ކުޅުމަށް އަކްޝޭއަށް ފުރުސަތު  ނުލިބޭކަމަށާއި ފިލްމުގެ ލީޑްރޯލްކުޅުމުގެ ފުރުސަތު ދިނުމަށް މިފިލްމުގެ ޕްރޮޑިޔުސަރ ، އަކްޝޭގެ އަންހެނުން ޓްވިންކަލްގެ ކައިރިން އޭނާ އާދޭސްކުރިކަމަށް ބުނުމުންނެވެ. އަކްޝޭ ބުނީ ޓްވިންކަލް ގާތު އޭނާ މިފިލްމު ކުޅެން ވަރަށް ބޮޑަށް ބޭނުންވާކަމަށް ބުނިކަމަށެވެ. މީގެއިތުރުން މިފިލްމުގައި ފެނިގެންދާ އެއް ސީންކަމަށްވާ ޔޫ.އެން ގައި އަކްޝޭ ދޭ 11 މިނެޓްގެ ތަޤްރީރަކީ އެއްފަހަރުން އޭނާ ދިން ތަޤްރީރެއްކަމުގައި އަކްޝޭ ވަނީ ބުނެފައެވެ. އެސީން ނަގަން އެރޭ ވަންދެން މަޑުކުރަންޖެހޭނެކަމަށް ކުރިން ހީކުރިނަމަވެސް އެއްފަހަރުން ނަގާ ނިންމާލެވުމުން އެހާ ގިނަ ވަގުތެއް އެކަމަށް ހޭދަނުވިކަމަށް އަކްޝޭ ބުންޏެވެ. އަކްޝޭ ބުނީ އެ ތަޤްރީރުގައި އޭނާ ދެއްކި ކޮންމެ ވާހަކަޔަކީ، ކޮންމެ ބަހަކީ އޭނާގެ ހިތުން ނިކުތް ބަސްތަކެއްކަމުގައެވެ.

Ad by Poise Perfumes

ފިލްމާ ބެހޭގޮތުން ވާހަކަ ދައްކަމުން ޓްވިންކަލް ކަންނާ ބުނީ ޕެޑް މޭންއަކީ ފިލްމަކަށް ވުރެ ބޮޑަށް ހަރަކާތެއްކަމަށާއި މިފިލްމުން އަންހެނުންނަށް އެމީހުންގެ ހަށިގަނޑަށް އަންނަ ބަދަލުތަކާއި މެދު ލަދުވެތިނުވުމުގެ މެސެޖް ލިބިގެންދާނެކަމުގައެވެ.

ޕެޑް މޭން ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ މިފެބްރުއަރީ މަހުގެ 9 ވަނަ ދުވަހުއެވެ. މިފިލްމުން އަކްޝޭގެ އިތުރުން ސޯނަމް ކަޕޫރް އަދި ރާދިކާ އާޕްތޭ ފެނިގެންދާނެއެވެ.

0
Ad by SportsPlus
ގުޅުން ހުރި
SHARE

LEAVE A REPLY