ތިން ފަނޑިޔާރުން ނެރުނު އަމުރާމެދު ޝައްކު އުފައްދާނަމަ ފިޔަވަޅު އަޅާނެ: ސުޕްރީމް ކޯޓު

0
ދުވަސް އެމްވީ
ގުޅުން ހުރި
Ads by Ooredoo Maldives

މި މަހުގެ 01 ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރުގެ ބައެއް ބާތިލުކޮށް އަންގާރަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރާއި މެދު ޝައްކު އުފައްދާނަމަ ފިޔަވަޅު އަޅާނެ ކަމުގައި ސުޕްރީމް ކޯޓުން ވިދާޅުވެއްޖެ އެވެ.

ސުޕްރީމް ކޯޓުން މިހެން ވިދާޅުވެފައިވަނީ ސުޕްރީމް ކޯޓުން ރޭ ނެރުއްވާފައިވާ އަމުރެއްގައި އެވެ.

Ad by Poise Perfumes

އެ އަމުރުގައި ވިދާޅުވެފައިވަނީ މީލާދީ ސަނަތުން 01 ފެބްރުވަރީ 2018 ވީ ބުރާސްފަތި ދުވަހު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނެރެފައިވާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-SJ/01 ކޯޓު އަމުރުގައި ހިމެނިގެންވާ ބައެއް ބައިތައް ބާތިލްކޮށް، 06 ފެބްރުވަރީ 2018 ވަނަ ދުވަހު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނެރެފައިވާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-SJ/03 ކޯޓު އަމުރާ ގުޅޭގޮތުން ފަނޑިޔާރުންގެ މުސްތަގިއްލުކަމާމެދު ޝައްކު އުފެދޭގޮތަށް، އަދި ކަން އޮތްގޮތް އޮޅޭގޮތަށް ތަފާތު މީޑިއާތަކުންނާއި އެކިއެކި ފަރާތްތަކުން ހަގީގަތާ ހިލާފަށް ފަތުރަމުންދާ ވާހަކަތަކަކީ އަސާސެއް ނެތް ގައިރު ގާނޫނީ ވާހަކަތަކަކަށްވާތީ، އެފަދަ އެއްވެސް އަމަލެއް އެއްވެސް ފަރާތަކުން ނުކުރުމަށާއި އެފަދަ އަމަލުތައް ހިންގާ ފަރާތްތަކާމެދު ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާއި، ކޯޓުގެ ހުރުމަތް ރައްކާތެރި ކުރުމާބެހޭ ގަވާއިދުގެ ދަށުން އަޅަންޖެހޭ ފިޔަވަޅުތައް އެއްވެސް އިސްތިސްނާއެއްނެތި އަޅަމުންގެންދާނެކަން އެންގީމެވެ.

ރޭ ނެރުއްވި އަމުރުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ސޮއި ހިމަނާފައި ނުވި ނަމަވެސް މި މަހުގެ 01 ވަނަ ދުވަހު ނެރުއްވި އަމުރުގެ ބައިތަކެއް ބާތިލުކޮށް އަންގާރަ ދުވަހު ނެރުއްވި އަމުރުގައި ފަނޑިޔާރު ޢަބްދުﷲ ޢަރީފް އާއި ފަނޑިޔާރު ފަނޑިޔާރު ޑރ.އަޙްމަދު ޢަބްދުﷲ ދީދީ އާއި ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ ސޮއި ކުރައްވާފައި ވެ އެވެ.

0
Ad by SportsPlus
ގުޅުން ހުރި
SHARE

LEAVE A REPLY