ޓެކްސް އެޕީލް ޓްރިބިއުނަލްގެ ރަޖިސްޓްރަރ މަގާމުން ވަކި ކޮށްފި

1
ދުވަސް އެމްވީ
ގުޅުން ހުރި
Ads by Ooredoo Maldives

އެއްވެސް ފަރާތަކުން ޓެކްސް ނުދެއްކުމަށް ގޮވާލާތީ، ޓެކްސް އެޕީލް ޓްރިބިއުނަލްގެ ރަޖިސްޓްރަރ ގެ މަގާމުގައި ހުންނެވި ސ.ހިތަދޫ/ރީތިގަސްދޮށުގެ، އަލްއުސްތާޛާ މާޖިދާ މަޖުދީ، މަގާމުން ވަކި ކޮށްފި އެވެ.

އެ ޓްރިބިއުނަލުން މީޑިއާތަކަށް ފޮނުވާފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ މާޖިދާ ވަކިކޮށްފައިވނީ ގާނޫނީގޮތުން އުފެދިފައިވާ ސަރުކާރާމެދު ސުވާލު އުފައްދާ، އެއްވެސް ފަރާތަކުން ޓެކްސް ނުދެއްކުމަށް މީސިމީޑިޔާގައި ގޮވާލާފައިވާތީ ކަމަށެވެ.

Ad by Poise Perfumes

“އެއްވެސް ފަރާތަކުން ޓެކްސް ނުދެއްކުމަށް މީސިމީޑިޔާގައި ޓެކްސް ދައްކާ ފަރާތާއި ޓެކްސް ބަލައިގަންނަ ފަރާތާ ޖެހޭ މައްސަލަތައް ބަލަ މުއައްސަސާގެ ރަޖިސްޓްރަރ ގެ މަގާމުގައިހުރި މުވައްޒަފެއްގެ ފަރާތުން އެއްވެސް ހާލެއްގައި އެއްވެސް މިންވަރަކަށް ބަލައިގަނެވޭނެކަމަކަށް ނުވާތީ، މި ޓްރިބިއުނަލްގެ މުވައްޒަފުންގެ ގަވާއިދުގެ 43 ވަނަ މާއްދާގެ ދަށުން އޭނާ ވަޒީފާއިން ވަކިކުރުމަށް، ޓްރިބިއުނަލްގެ މެމްބަރުންގެ މަޖިލީހުގެ އިއްތިފާގުން ނިންމާފައިވާތީ، އަލްއުސްތާޛާ މާޖިދާ މަޖުދީ އަކީ 06 ފެބްރުއަރީ 2018 އިން ފެށިގެން މިޓްރިބިއުނަލްގެ މުވައްޒަފެއް ނޫންކަމުގައި ދަންނަވަމެވެ” ޓެކްސް އެޕީލް ޓްރިބިއުނަލްގެ ނޫސްބަޔާނުގައި ބުނެފައި ވެ އެވެ.

0
Ad by SportsPlus
ގުޅުން ހުރި
SHARE

ކޮމެންޓް

  1. ޝުކުރިއްޔާ ރައީސް، ތިގޮތަށް ކަންތައް ކުރައްވަން ލަސްވެއްޖެ، އިޚްލާސްތެރިކަން ނެއްބަޔަކު އިޚްލާސްތެރިވާނެ ކަމަށް މަޑުކުރައްވާނެކަމެއްނެއް، ކުރިއަށް ވަޑައިގަންނަވާ، ހެޔޮގޮތުގަ ކުރެވޭ މަސައްކަތަކީ ގެއްލި ދާނެ ކަމެއްނޫން

LEAVE A REPLY