ކެންސަރު ދުވަސް ފާހަގަ ކުރުމަށް ބީއެމްއެލް އިން ދިއްގަރުގައި ހާއްސަ ހަރަކާތެއް ބާއްވައިފި

0
ދުވަސް އެމްވީ
ގުޅުން ހުރި
Ads by Ooredoo Maldives

ދުނިޔޭގެ ކެންސަރު ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސްއިން ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް (ސީއެސްއެމް) އާ ގުޅިގެން މ. ދިއްގަރުގައި ހާއްސަ ހަރަކާތްތަކެއް ބާއްވައިފިއެވެ.

މިއީ “އަހަރެންގެ ބޭންކް” ކެމްޕޭންގެ ތެރެއިން މަދަނީ ޖަމިއްޔާތަކާ ގުޅުން އިތުރަށް ބަދަހިކޮށް އަދި ހާއްސަކޮށް މިފަދަ މުހިންމު ދުވަހެއް ފާހަގަކޮށް މުޖުތަމައަށް ފޯރޮކޮށްދޭ އެހީތެރިކަން އިތުރުކުރުމުގެ ގޮތުން ބޭންކުން ބޭއްވި ހަރަކާތެއް ކަމަށް އެ ބޭންކުން މައުލޫމާތު ދެ އެވެ.

Ad by Poise Perfumes

މި ގޮތުން ދިއްގަރު ސްކޫލްގެ ހުރިހާ ދަރިވަރުންނަށާއި، މުވައްސަސާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާއި އަދި އާންމު ރައްޔިތުންނަށް ހައްސަކޮށްގެންވަނީ ކެންސަރަށް ހޭލުންތެރިކަމުގެ ޕްރޮގްރާމެއް ވަނީ ބާއްވާފައެވެ. އަދި އާންމުކޮށް ހުޅުވާލައިގެން މިއަދު ހަވީރުވަނީ ހާއްސަ ހަވީރެއްވެސް ބާއްވާފައެވެ. މި ހަވީރުގައި ކެންސަރާ ބެހޭ މައުލޫމާތު ދިނުމާއި، ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ކަސްރަތުކުރުމުގެ މުހިންމުކަމުގެ މައުލޫމާތު ދިނުން ހިމެނެއެވެ. އަދި މީގެ އިތުރުން މުޅި މ. އަތޮޅަށް އަމާޒުކޮށް އަނގައިގެ ކެންސަރާއި އުރަމަތީގެ ކެންސަރ ސްކްރީނިންގ ޕްރޮގްރާމެއްވެސް މިމަހުގެ 15 އިން 17 އަށް ދިއްގަރުގައި ބޭއްވުމަށް ހަމަޖެހިފައިވާކަންވެސް ވަނީ ހާމަކޮށްފައެވެ.

ކެންސަރަށް އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި ބާއްވާ “ޕިންކް ރިބަން ރަން- ވޯކް” ބީއެމްއެލް އާއި ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް އާ ގުޅިގެންވަނީ މިދިޔަ އަހަރު ބާއްވާފައިވަނީ މުޅި ރާއްޖެއަށް އަމާޒުކޮށްގެންނެވެ. މިއަހަރުގެ އޮކްޓޯބަރު މަހު މިހަރަކާތް ބޭއްވުމަށްވަނީ ހަމަޖެހިފައިވާކަމުގައިވެސް ބީއެމްއެލްއިން ހާމަކުރެ އެވެ.

“އަހަރެންގެ ބޭންކް” ކެމްޕޭނަކީ ދިވެހިންނާއި ދިވެހި މުޖުތަމައުތަކާ ބީއެމްއެލް އާ އޮތް ގުޅުން އިތުރަށް ބަދަހި ކުރުމަށް މުޅި ރާއްޖެއަށް އަމާޒުކޮށްގެން ކުރިޔަށް ގެންދާ ކެމްޕޭނެކެވެ.

0
Ad by SportsPlus
ގުޅުން ހުރި
SHARE

LEAVE A REPLY