ޕަދްމާވަތަކީ މިހާތަނަށް ނެރުވުނު އެންމެ ކަންބޮޑުވާ ކަންތައްތަކާ ދިމާވި ފިލްމު- ސަންޖޭ

0
ދުވަސް އެމްވީ
ގުޅުން ހުރި
Ads by Ooredoo Maldives

ތަފާތު އެކި ފިލްމުތައް މިހާތަނަށް ބޮލީވުޑްގެ ކާމިޔާބު ޑައިރެކްޓަރ ސަންޖޭ ލީލާ ބަންސާލީ ވަނީ ނެރިފައެވެ. އެހެންނަމަވެސް އޭނާގެ ފިލްމުތަކުގެ ތެރެއިން އެންމެ ފަހުން ނިކުތް ފިލްމު ކަމަށްވާ ޕަދްމާވަތީ އަށް ކުރިމަތިވިފަދަ ކަންތައްތަކެއް އެހެން އެއްވެސް ފިލްމަކުން އޭނާއަށް ދިމާވެފައެއް ނުވެއެވެ. ޕަދްމާވަތީގެ ވާހަކަދައްކަން ފެށި ހިސާބުން އެފިލްމާ ދެކޮޅު ޝުއޫރުތައް ވަނީ ފާޅުކުރަންފަށާފައެވެ. ފިލްމުގެ ޓްރެއިލަރ ނިކުމެ ފިލްމު އަޅުވާ ދުވަސް އިނގިގެންދިޔުމާއެކު އެއަޑުތަކުގެ އަޑު ވަނީ ބާރުވެ އިތުރުވެގެންގޮސްފައެވެ. ފިލްމުގެ ޑައިރެކްޓަރާއި ، ސްޓާރުންގެ އިތުރުންގެ ފިލްމުގެ ޕްރޮޑަކްޝަން ޓީމާއި ޕްރޮޑަކްޝަން ހައުސްއަށްވެސް ވަނީ ތަފާތު އެކިއެކި ހުރަސްތައް މިފިލްމާ ގުޅިގެން ކުރިމަތިވެފައެވެ. ތަފާތު އެކިކަހަލަ އިންޒާރުތައް ވަނީ ދީފައެވެ. މުޅި އިންޑިޔާގައި މިފިލްމާ ދެކޮޅަށް މުޒާހަރާތައް ކުރެވި އަޑުއުފުލިގެން ގޮސްފައިވެއެވެ. އިންޑިޔާގެ އިތުރުން އެހެން ޤައުމުތަކުގައިވެސް މިފިލްމާ ދެކޮޅު ޝުޢޫރުތައް ވަނީ ފާޅުކުރެވިގެންގޮސްފައެވެ. އަދި ބައެއް ޤައުމުތަކުގައި މިފިލްމު ދެއްކުންވެސް ވަނީ މަނާކޮށްފައެވެ. އެހެންނަމަވެސް ފާހަގަކޮށްލަން ޖެހޭ ކަމަކީ މިހުރިހާ ކަމަކާއެކުވެސް މިފިލްމަށް ލިބެމުންދާ ތަރުޚީބު ބޮޑުކަމެވެ.

މިދިޔަ ހަފްތާގައި މިފިލްމު ރިލީޒްކޮށްފައިވާއިރު ފިލްމަށް ވަނީ ބޮޑު ތަރުޚީބެއް ލިބިފައެވެ. އަދި މިހާރުވެސް ދަނީ ލިބެމުންނެވެ. މިކަންކަމާ ގުޅޭގޮތުން ވާހަކަދައްކަމުން ފިލްމުގެ ޑައިރެކްޓަރ ސަންޖޭ ލީލާ ބަންސާލީ ބުނީ ފިލްމާމެދު އުފެދެމުންދިޔަ ދެކޮޅު ވާހަކަތަކާއި ކަންތައްތަކުން އެކަމުގެ އަސަރު އޭނާއަށް ވަރަށް ބޮޑަށް ކުރިކަމަށެވެ. އެކަންކަމާ ވަރަށް ބޮޑަށް ކަންބޮޑުވިކަމަށާއި ނަމަވެސް އޭނާ ބެލީ އެކަންކަމަށް ރައްދު ނުދީ ފިލްމު ބެލުންތެރިންނާހަމައަށް ގެނެސް ކާމިޔާބު ފިލްމަކަށް އެފިލްމު ހެދޭތޯކަމަށެވެ. އަދި މިހާރު ފިލްމަށް ލިބެމުންދާ ތަރުޚީބަކީ ފިލްމާ އިދިކޮޅު ފަރާތްތަކަށް އޭނާ ދޭ ރައްދުކަމަށް ސަންޖޭ ލީލާ ވަނީ ބުނެފައެވެ.

Ad by Poise Perfumes

” ފިލްމަށް ލިބެމުންދާ ތަރުޚީބަކީ ފިލްމާ ދެކޮޅަށް ދެއްކި ހުރިހާ ވާހަކަތަކަށާއި ކުރި ހުރިހާ ކަމެއްގެ ސަބަބުން އަހަރެންނާއި މިފިލްމާ ގުޅުންހުރި އެންމެން ބަރުދާސްތުކުރި ކަންތައްތަކަށް ދޭން އޮތް ޖަވާބު. އެތައް ފަހަރަކު އަހަރުމެން އެންމެން ބުނަމުންދިޔައީ ފިލްމުގައި ގޯސްކޮށް ކަމެއް ނޯންނާނެއޭ. އެކަމަކު އަހަރުމެން އެކަކު ދެއްކި ވާހަކައެއްވެސް އަޑެއް ނޭހި. އަހަންނަށް ޤަބޫލުކުރެވުނީ އެންމެ ރަނގަޅުގޮތަކީ އަހަރެންގެ ސިކުނޑީގައި އިންގޮތަށް މިފިލްމު ގެނައުންކަމަށް .” ސަންޖޭ ލީލާ ބަންސާލީ މީޑިއާއަށް ދިން އިންޓަރވިއުއެއްގައި ބުންޏެވެ.

ސަންޖޭ ލީލާ ބުނީ ފިލްމާ ދެކޮޅަށް ކުރިމަތިވި ކަންތައްތަކާ ކުރިމަތިލުމަށް އޭނާއަށް ވަރަށް އުނދަގޫވިކަމަށެވެ. އެހެންނަމަވެސް އޭނާ މަސައްކަތްކުރީ ފިލްމަށް އޭގެން އެއްވެސް އަސަރެއް ނުފޯރުވާ އޭނާ ބޭނުންވި ގޮތަށް ފިލްމުގެ ކަންކަން ކުރިޔަށްގެންދިޔުމަށެވެ. ފާއިތުވި ދެތިން މަސް ހޭދަކުރީ ފިލްމުގެ ޕޯސްޓްޕްރޮޑަކްޝަންގެ މަސައްކަތްތަކުގައި ކަމަށާއި އެކަންކަމުން ފިލްމު ބެލުންތެރިން ބޭނުންވި ފަދަ ގޮތަކަށް ގެނެސްދެވިފައިވާކަމުގައި ސަންޖޭ ލީލާ ބުންޏެވެ. އަދި އެއީ ފިލްމާ ބެހޭގޮތުން ފަތުރާފައިވާ އެއްވެސް ހަޤީޤަތެއްނެތް ވާހަކަތަކަށް އޭނާއަށް ދެވުނު ރައްދެއްކަމަށްވެސް ސަންޖޭލީލާ ބުންޏެވެ. މީގެއިތުރުން ސަންޖޭ ލީލާ ވަނީ އޭނާއަށާއި ފިލްމުގެ އެކްޓަރުންނަށް މުމްބާއީ ޕޮލިހުން ސެކިޔުރިޓީ ދީފައިވާތީ އެކަމަށް ޝުކުރުއަދާކޮށްފައެވެ. ބަންސާލީ ބުނީ 4 ސްޓޭޓެއްގައި ފިލްމު ނޭޅުވުނު ނަމަވެސް ފިލްމަށް ލިބެމުންދާ ތަރުޚީބު ބޮޑުކަމަށާއި މީހުން އެފިލްމު ބަލަން ބޭނުންވާކަމުގައެވެ.

” ފިލްމަށް ލިބެމުންދާ ތަރުޚީބުން އިނގިގެންދަނީ ފިލްމު ބަލަން ބެލުންތެރިން ބޭނުންވެފައި ތިބި މިންވަރު..އަހަންނަށް ކުރިންވެސް އިނގޭ ފިލްމު ރީތިވާނެކަން… ފިލްމު އެއްކޮށް ނިމުނު ހިސާބުން ސެންސަރ ކުރުމާއި ފިލްމު ސިނަމާތަކަށް އައުމާމެދު އަހަރެން ހުރީ ވަރަށް ބޮޑަށް ހިތްނުތަނަވަސްވެ ކަންބޮޑުވެފައި.އެއީ އަހަރެންގެ ހަޔާތުގައިވެސް މިހާތަނަށް އެންމެ ކަންބޮޑުވި ދުވަސްތައް..މުޅި އިންޑިޔާގެ ސިނަމާގެ ތާރީޚުގައިވެސް ހިއެއްނުވޭ އެފަދަ ކަންބޮޑުވުންތަކަކާ ކުރިމަތިވިހެނެއް..” ބަންސާލީ ބުންޏެވެ.

މިފިލްމުގައި ދީޕިކާ ފެނިގެންދަނީ ރާނީ ޕަދްމާވަތީގެ ރޯލުންނެވެ. ޝާހިދު ކަޕޫރު މަހާ ރާވަލް ރަތަން ސިންގެ ރޯލުން ފެނިގެންދާއިރު ރަންވީރު ފެނިގެންދަނީ ސުލްތާން އަލާއުއްދީން ޚިލްޖީގެ ރޯލުންނެވެ.

0
Ad by SportsPlus
ގުޅުން ހުރި
SHARE

LEAVE A REPLY