ރެފިއުޖީ މައްސަލައިގާ ޓްރަމްޕް ނިންމި ނިންމުމެއް އުނބަށް ޖަހައިފި

0
ދުވަސް އެމްވީ
ގުޅުން ހުރި
Ads by Ooredoo Maldives

ގިނަ ގައުމުތަކަކުން ރެފިއުޖީން ބަލައި ނުގަންނާނެ ކަމަށް އެމެރިކާގެ ސަރުކާރުން ކުރިން ނިންމި ނިންމުން ބަދަލުކޮށް އޭގެ ތެރެއިން 11 ގައުމަކުން ރެފިއުޖީން ބަލައިގަންނަން އެ ގައުމުން ނިންމައިފި އެވެ.

ބައެއް ގައުމުތަކުން ރެފިއުޖީން ބަލައި ނުގަންނަން އެމެރިކާއިން ނިންމީ ޑޮނާލްޑް ޓްރަމްޕް ވެރިކަމާ ހަވާލުވުމަށް ފަހުގައި އެވެ. ގައުމަށް ނުރައްކާ ވެދާނެ ކަމަށް ބުނެ އެވެ.

Ad by Poise Perfumes

އެއީ ކޮން 11 ގައުމެއްކަން ވައިޓް ހައުސް އިން ބުނެފައިނުވި ނަމަވެސް އެ 11 ގައުމުގެ ތެރޭގައި މުސްލިމް ގައުމުތައް ގިނަވާނެ ކަމާއި އުތުރު ކޮރެއާ ހިމެނޭނެ ކަމަށް މުރާސިލުން ބުނެ އެވެ.

11 ގައުމަކުން ރެފިއުޖީން ބަލައިގަންނަށް ނިންމި ނަމަވެސް އެ 11 ގައުމުގެ ރެފިއުޖީން އެތެރެވުމަށް އޮންނަ “ޕްރޮސެސް” ވަރުގަދަ ވާނެ ކަމަށް އެމެރިކާއިން ވަނީ ބުނެފައި އެވެ.

އެމެރިކާގެ އެޑްމިނިސްޓްރޭޝަނުން ހާމަކޮށްފައިވާގޮތުގައި މި އަހަރު އެ ގައުމުން ރެފިއުޖީންގެ ގޮތުގައި 45 ހާސް މީހުން ބަލައިގަންނާނެ އެވެ. ބަލައިގަންނާނީ ސެޕްޓެމްބަރު މަހުގެ 31 ގެ ނިޔަލަށެވެ.

0
Ad by SportsPlus
ގުޅުން ހުރި
SHARE

LEAVE A REPLY