އުރީދޫގެ ބްރެންޑް އެމްބެސެޑަރަކަށް ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް ހަމަޖައްސައިފި

0
އިސްމާއިލް އަޖީރު
ގުޅުން ހުރި
Ads by Ooredoo Maldives

އުރީދޫ މޯލްޑިވްސްގެ ބްރޭންޑް އެމްބެސެޑަރުންގެ ގޮތުގައި، ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ކާމިޔާބު އެއް ފުޓުބޯޅަ ޓީމް ކަމުގައިވާ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް ހަމަޖައްސައިފިއެވެ.

މިކަމުގެ އެއްބަސްވުމުގައި ސޮއެކުރުމުގެ ގޮތުން މިއަދު ބޭއްވި ހަފްލާއެއްގައި ވާހަކަ ދައްކަވަމުން އުރިދޫގެ ސީއީއޯ ނަޖީބް ޙާން ވިދާޅުވެފައިވަނީ ފުޓުބޯޅަ އަކީ ރާއްޖޭގެ އެންމެންގެ މަގުބޫލުކަން ލިބިފައިވާ، މުޅި ގައުމު އެއްބައިވަންތަކޮށްދޭ ކުޅިވަރެއްނަމަށާއި އުރީދޫ އަދި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްއިންވެސް ގަބޫލު ކުރާގޮތުގައި މުޖުތަމައުގެ ތެރޭގައި އެއްބައިވަންތަކަން އިތުރުކުރުމުގައި ކުޅިވަރުން މުހިންމު ދައުރެއް އަދާކުރާކަމުގައެވެ. މީގެ އިތުރުން ރާއްޖޭގެ ފުޓުބޯޅައިގެ ތާރީޚުގައި އެންމެ ކާމިޔާބު ކްލަބް ކަމުގައިވާ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބަށް، އުރީދޫގެ ބްރޭންޑް އެމްބެސެޑަރުންގެ ގޮތުގައި އުފަލާއި އެކު މަރުހަބާ ކިޔާކަމަށާއި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް އާއި ގުޅިގެން، ރާއްޖޭގެ ޒުވާން އަދި އަރަމުން އަންނަ ފުޓުބޯޅައިގެ ތަރިންނަށް އާ ފުރުޞަތުތަކެއް ހޯދައިދިނުމަށް އުރީދޫއިން މަސައްކަތްކުރާނެކަމަށް ވެސް ނަޖީބް ހާން ވަނީ ވިދާޅުވެފައެވެ.

Ad by Poise Perfumes

މި ހަފްލާގައި ވާހަކަ ދައްކަމުން ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ޗެއާމަން މުޙައްމަދު ޒިޔާދު ވިދާޅުވެފައިވަނީ އުރީދޫ އަކީ ރާއްޖޭގެ ފުޓުބޯޅަ ދާއިރާއަށް އެހީތެރިކަން ފޯރުކޮށްދީ، ރާއްޖެ އާއި ރާއްޖޭން ބޭރުގެ އެކި ފަރާތްތަކާއި ގުޅިގެން ދިވެހި ކުޅުންތެރިންނަށް އާ ތަޖުރިބާތަކެއް ހޯދައިދިނުމަށް މަސައްކަތްކޮށްފައިވާ ފަރާތެއްކަމަށާއި، އެހެންކަމުން އުރީދޫ އާއިއެކު ޕާޓްނަޝިޕެއް ގާއިމްކުރުމަކީ، ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ލިބިގެންދާ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި ރާއްޖޭގެ ރަށްތަކުގައި ނިއުރޭޑިއަންޓުގެ ޕްރޮޖެކްޓްތަށް ފަށައި، ކުރިމަގުގެ ފުޓުބޯޅަ ތަރިންނަށް މި ކުޅިވަރުގައި ކުރިޔަށް ދިޔުމަށް މަގު ދައްކައިދިނުމަށް އަޅުގަނޑުމެން ނިއުރޭޑިއަންޓުން ތައްޔާރަށް އޮތް ކަމަށްވެސް ވަނީ ޒިޔާދު ވިދާޅުވެފައެވެ.

ވޭތުވެދިޔަ އަހަރުތަކުގައި، އުރީދޫއިން ވަނީ، ރާއްޖޭގެ ފުޓުބޯޅަ ކުރިއެރުވުމުގައި މުހިންމު މަސައްކަތްތަކެއް ކޮށްފައެވެ. މިގޮތުން، ދުނިޔޭގެ ފުޓުބޯޅަ ތަރި، ލަޔޮނެލް މެސީ އާއި ގުޅިގެން ހިންގުނު ޙަރަކާތްތަކާއި، ޕެރިސް ސެއިންޓް ޖަމެއިން އާއި ގުޅިގެން ބޭއްވުނު ކުޑަކުދިންގެ ފުޓްބޯޅަ ކޯޗިންގ ކޭމްޕްތައް ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން، އުރީދޫ އަކީ 2015 ވަނަ އަހަރުން ފެށިގެން، ދިވެހި ޕްރެމިއަރ ލީގްގެ މެއިން ސްޕޮންސަރ އެވެ.

0
Ad by SportsPlus
ގުޅުން ހުރި
SHARE

LEAVE A REPLY