ބެންގާޒީގައި ދެ ކާރެއް ގޮއްވާލައި 35 މީހަކު މަރާލައިފި

1
ދުވަސް އެމްވީ
ގުޅުން ހުރި
Ads by Ooredoo Maldives

ލީބިޔާގެ ސިޓީއެއް ކަމުގައިވާ ބެންގާޒީގައި ދެ ކާރެއް ގޮއްވާލައި 35 މީހަކު މަރާލައިފި އެވެ.

ރޭގެ ވަގުތެއްގައި ހިނގި މި ދެ ހާދިސާގައި ޒަހަމްވި މީހުންގެ އަދަދު 60 އިން މައްޗަށް އަރާފައިވާއިރު ދެ ކާރުވެސް ގޮއްވާލާފައިވަނި ބެންގާޒީގެ އަލް ސްލެއިމާނީ އަވަށުގެ މިސްކިތެއްގެ ކުރިމަތީގައި އެވެ. ދެ ކާރު ގޮއްވާލާފައިވަނީ ދެ ވަގުތެއްގައި އެވެ.

Ad by Poise Perfumes

އެމިސްކިތަކީ ސަލަފީ ގްރޫޕްތަކުން ހިންގާ މިސްކިތެއް ކަމުގައިވީނަމަވެސް މި ހަމަލާގެ ޒިންމާ އަދި އެއްވެސް ފަރާތަކުން އުފުލާފައެއް ނުވެ އެވެ.

0
Ad by SportsPlus
ގުޅުން ހުރި
SHARE

ކޮމެންޓް

  1. ހަނގުރާމަތައް ނިމޭފަހުން ހަނގުރާމަ ހިނގި ބިމުގައި ބަދަލު ހިފުމަށް މިފަދަ ހަމަލާތަށްދޭ، އެމެރިކާ ފަދަ ގައުމުތަކުން މިފަދަ ހަމަލާތަކާއި ބެހޭ ގޮތުން ފިލްމު ވެސް ހަދާފައި އެބަ ހުރި. އިރާގު ހަނގުރާމައިގައި ހަމަލާ ބަދަލު ކުރުން ހުއްޓިފައި އޮންނަ ދުވަސްކޮޅު މިސްކިތްތަކީ ބާޒާރުތަކުގައި ވަރަށް ގިނައިން ބޮން ގޮއްވާފައި އެބަ ހުރި. މިއީ ވިސްނާ ބަޔަކަށް ފިލާވަޅުތަކެއް ހުރި ހާދިސާ ތަކެއް. ކާނެ ފަދައެއް ނެތް މީހުން އެފަދަ ވަރުގަދަ ގޮއްވުންތައް ގޮއްވާނީ ކިހިނެއްތޯ އާއި މެދު ވެސް ވިސްނާލުން ބުއްދިވެރި.

LEAVE A REPLY