500 ރާތާ އުފުލޭ ވަރުގެ ޑްރޯން އެއް ބޮއިން ކުންފުނިން އުފައްދައިފި

0
މޫސާ ފަތުހީ
ގުޅުން ހުރި
Ads by Ooredoo Maldives

ފްލައިޓް އުފެއްދުމުގައި މަޝްހޫރު ބޮއިން ކުންފުނިން ވަރުގަދަ ޑްރޯން އެއް އުފައްދައިފި އެވެ. އެ ކުންފުނިން ހާމަކޮށްފައިވާގޮތުގައި މި ޑްރޯން އަކީ 500 ރާތާ (227 ކިލޯ)ގެ ބަރުދަން އުފުލާލެވޭ ވަރުގެ ޑްރޯން އެކެވެ.

މި ޑްރޯން އަށް ދީފައިވާ ނަމަކީ “އަންމޭންޑް އެލެކްޓްރިކް ވާޓިކަލް-ޓޭކްއޮފް-އެންޑް-ލޭންޑިންގް” ކުރުކޮށް ނަމަ އީވްޓޯލް އެވެ.

Ad by Poise Perfumes

އެ ކުންފުނިން މި އުފެއްދުން އިއްޔެ ދައްކާލާފައިވާއިރު އެ ކުންފުނިން ބުނެފައިވަނީ މި ޑްރޯން އުފައްދަން އެ ކުންފުނީގެ އިންޖިނޭރުން ހޭދަކުރީ އެންމެ ތިން މަސް ކަމަށެވެ. އަދި މި އުފެއްދުން މިސޯރީގައި ހުންނަ އެ ކުންފުނީގެ ރިސާޗް ލެބުގައި ޓެސްޓް ކޮށްފައިވާކަމުގައިވެސް އެ ކުންފުނިން ބުނެފައި ވެ އެވެ.

0
Ad by SportsPlus
ގުޅުން ހުރި
SHARE

LEAVE A REPLY