ޔޫޓިއުބް ވީޑިއޯއެއް ކުޅެން އުޅުނު މީހެއްގެ ބޯ އަވަނެއްގައި ތާށިވެއްޖެ

1
ދުވަސް އެމްވީ
ގުޅުން ހުރި
Ads by Ooredoo Maldives

އިނގިރޭސިވިލާތުގައި ޔޫޓިއުބް ވީޑިއޯއެއް ކުޅެން އުޅުނު މީހެއްގެ ބޯ، މައިކްރޯވޭވް އަވަނެއްގައި ތާށިވެއްޖެ އެވެ.

މިކަން ހިނގާފައިވަނި އޭނާ ޕްރޭންކް ވީޑިއޯއެއް ކުޅުމަށް އަވަނެއްގެ ތެރެއަށް ބޯ ކޮށްޕާލުމަށްފަހު “ވޯލް ޕުޓީ” އޭނާގެ ބޮލުގެ ވަށައިގެން އެޅުމުންނެވެ. އެ “ޕުޓީ” ހިކުނީ އެމީހުން އުންމީދު ކުރި ވަރަށް ވުރެ މާ އަވަހަށް ކަމަށް ބުނެފައި ވެ އެވެ.

Ad by Poise Perfumes

އެކުވެރިންގެ އެހީތެރިކަމާއެކު ބޮލުން އަވަން ނައްޓާލެވޭތޯ ދެ ގަޑިއެއްހާއިރު މަސައްކަތް ކުރުމަށްފަހު އެގޮތަށް އެކަން ކާމިޔާބު ނުވުމުން ފަޔަރ ސާވިސް އަށް ގުޅި ކަމަށާއި ފަޔަރ ސާވިސްގެ ޓީމަށް އޭނާ ސަލާމަތް ކުރެވުނީ އިތުރު އެއް ގަޑިއިރުގެ މަސައްކަތުން ކަމުގައި ރިޕޯޓް ކޮށްފައި ވެ އެވެ.

0
Ad by SportsPlus
ގުޅުން ހުރި
SHARE

ކޮމެންޓް

  1. YouTube kurin liyaane dhivehi gothah

LEAVE A REPLY