މައިންބަފައިންނަށް ކަމޭހިތަމާ!

0
އަޙުމަދު އަނަސް
ގުޅުން ހުރި
Ads by Ooredoo Maldives

މައިންބަފައިންނަކީ ކޮންމެ މީހަކުވެސް ދުނިޔެއަށް އައުމުގެ އަސްލެވެ. އެ އަސްލުގެ ހައްގުތަކަށް ރައްކާތެރިވުމަށް އިސްލާމްދީންވަނީ ވާޖިބު ކުރައްވާފައެވެ.

މައިންބަފައިންނަށް ކަމޭހިތުމަކީ ކޮބައިތޯއެވެ؟ އެއީ އެމީހުންނަށް އިޙްސާންތެރިކޮށްހިތުމެވެ.

Ad by Poise Perfumes

އެމީހުންނަށް ބޯލަނބާ، އެމީހުން ބުނާބަސް އެހުމެވެ. އެމީހުންގެ ހިތަށް އުނދަގުލެއްލިބިދާނެ ނުވަތަ ހިތް ނުރުހިދާނެ ކޮންމެ ކަމަކުން ދުރުވުމެވެ.

މާތް ﷲއަށް އަޅުކަންކުރުމާއި ވިދިގެން މާތް ﷲ އަޅުގަނޑުމެންނަށް އަންގަވަނީ މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށެވެ. އަލް އިސްރާ ސޫރަތުގެ 23ވަނަ އާޔަތުގައި މާތް ﷲ ވަހީކުރައްވައިފައިވަނީ
”އެކަލާނގެއަށް މެނުވީ، ތިޔަބައިމީހުން އަޅުކަން ނުކުޅައުމަށާއި، މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ކަނޑައަޅުއްވައި އެންގެވިއެވެ.”

އަދި އެމީހުންނަށް ކަމޭހިތަންޖެހޭ ގޮތް ހަމަ އެ އާޔަތުގައި ﷲ ތަޢާލާވަނީ އަޅުގަނޑުމެންނަށް ބަޔާންކޮށްދެއްވާފައެވެ. އެ އާޔަތުގައި ވަނީ

” އެ ދެމީހުންކުރެ އެކަކު، ނުވަތަ އެ ދެމީހުން ތިބާގެގާތުގައި ތިބެ، މުސްކުޅިކަމާ ހަމަޔަށް ފޯރައްޖެނަމަ، އެދެމީހުންނަށް أُف ވެސް ނުބުނާށެވެ! (އެބަހީ: ނުރުހުމުގެ ކިތަންމެ ކުޑަ ބަހެއްވިޔަސް ނުބުނާށެވެ!) އަދި އެ ދެމީހުންނަށް، އަޑުލައި ނުހަދާށެވެ! އަދި މާތް ބަހަކުން އެ ދެމީހުންނަށް ބަސްބުނާށެވެ”!
އިސްރާ 23

މި ކަންކަން މިހެންހުރިކަމުގައިވިޔަސް މިއަދު އަޅުގަނޑުމެންނަށް ފެންނަމުންދަނީ ވަރަށް ހިތާމަވެރި މަންޒަރެކެވެ. އާދެ، އެއީ މަދަރުސާތަކުގައި ކިޔަވާ ކުދިންނާއި، ޒުވާން ޢުމުރުގެ ވަރަށް ގިނަ ކުދިން މައިންބަފައިންގެ ބަސް ނާހާ އުޅޭތަނެވެ. މިފަދަ ކުދިންގެ ކުރިމަތީގައި އެ ކުދިންގެ މައިންބަފައިންގެ ބަހަށްވުރެ، އެކުދިންގެ ރައްޓެހިންގެ ބަސް މާމުހިންމެވެ. މައިންބަފައިންގެ ހިތުގައިޖައްސާފައިވިޔަސް ރައްޓެހި ރަހުމަތްތެރިންގެ ރުހުމާއި ލޯބި ހޯދުން މިކުދިންގެ ގާތުގައި މާ މުހިންމެވެ. މައިންބަފައިން މުސްކުޅިވާދުވަހުވެސް ކުދިން ލޯއަޅައިގެން ތިބެނީ އެމީހުންގެ މުދަލަށެވެ. ނަމަވެސް އަޅުގަނޑުމެން އަބަދުވެސް ހަނދާން ބަހައްޓަންޖެހޭ ކަމަކީ އަޅުގަނޑުމެންނަށް އަބަދުވެސް އެންމެ ހެޔޮ އެދޭނެ ބަޔަކީ އަޅުގަނޑުމެންގެ މައިންބަފައިންކަމެވެ.

މައިންބަފައިންނަށް ކަމޭހިތުމަކީ ދެދުނިޔޭގެ ބާއްޖަވެރިކަން އަޅުގަނޑުމެންނަށް ލިބޭނެ ކަމެކެވެ. އަދި އެ ދެމީހުންނަށް އުރެދުމަކީ އަޅުގަނޑުމެންނަށް ދެ ދުނިޔޭގައިވެސް ނާކާމިޔާބާއި، ގެއްލުން ކުރިމަތިވާނެކަމެކެވެ. އަނެއްކޮޅުން ބަލާއިރު، ނަބަވީ އިރުޝާދުތަކުގެ އަލީގައި އަޅުގަނޑުމެންނަށް އެނގި ހާމަވަނީ އަޅުގަނޑުމެން އެންމެ ބޮޑަށް ކަމޭހިތަންޖެހެނީ އަޅުގަނޑުމެންގެ މައިންބަފައިންނަށްކަމެވެ. ގާތްތިމާގެ މީހުންނާއި ރައްޓެހިންއަންނަނީ އެ ދެމީހުންގެ ފަހުންކަން

ވީމާ މައިންބަފައިން ކުރިމަތީގައި ނިކަމެތިކަމުގެ ފިޔަ ތިރިކޮށްލާށެވެ. މާތް ﷲ އަޅުގަނޑުމެންނަކީ އަޅުގަނޑުމެންގެ މައިންބަފައިންނަށް ކަމޭހިތާ ބައެއްކަމުގައި ލައްވާނދޭވެ. އާމީން

0
Ad by SportsPlus
ގުޅުން ހުރި
SHARE

LEAVE A REPLY