އިންޑިއާ ރައްޔިތަކު އޭނާގެ ނަން “ރީގްރެޓް” އަށް ބަދަލުކޮށް ކާމިޔާބީ ހޯދައިފި

0
ދުވަސް އެމްވީ
ގުޅުން ހުރި
Ads by Ooredoo Maldives

މިހާރު އުމުރުން 67 އަހަރުގެ މި މީހާއަށް އޭނާގެ މައިންބަފައިން ދީފައިވާ ނަމަކީ “ސަތްޔަނާރާޔަނަ އައްޔަރު” އެވެ. ނަމަވެސް މިހާރު އޭނާ ވަނީ އޭނާގެ ނަން “ރީގްރެޓް އައްޔަރު”އަށް ބަދަލުކޮށްފަ އެވެ. މިއީ ރީގްރެޓ އައްޔަރު އޭނާގެ ނަން ބަދަލުކުރި ގޮތާއި އެކަން ކުރަން ޖެހުނު ސަބަބު ބަޔާންކޮށް ބީބީސީއަށް ދީފައިވާ އިންޓަވިއުއެއްގެ ތަރުޖަމާއެކެވެ.

ރީގްރެޓު އައްޔަރު ބުނާގޮތުން ނަމަ އޭނާ، އޭނާގެ އަމިއްލަ ނަފްސު ސިފަކުރަނީ ލިޔުންތެރިއެއްގެ ގޮތުގައެވެ. ފޮޓޯގްރާފަރެއްގެ ގޮތުގަ އެވެ. އަދި ނޫސްވެރިއެއްގެ ގޮތުގައްޔާއި ކާޓޫނިސްޓެއްގެ ގޮތުގުގައިވެސް މެ އެވެ.

Ad by Poise Perfumes

އޭނާ ބުނެފައިވަނީ ނޫސްވެރިއަކަށް ވުމުގެ ހުވަފެނަކީ ކުޑައިރުއްސުރެ ދެކެމުން އައި ހުވަފެނެއް ކަމަށާއި މަދުރަސީ ދައުރުގައި ސްކޫލުގެ މެގަޒިންއެއްގައި އޭނާގެ ލިޔުމެއް ޝާއިޢު ކުރުމުން ނޫސްވެރިއަކަށް ވުމުގެ އުންމީދު އާލާވި ކަމަށެވެ.

އެއަށްފަހު މަދުރަސީ ދައުރުނިމި އެތައް ނޫހަކަށް ލިޔުންތައް ފޮނުވަމުން ދިޔަ ނަމަވެސް އޭނާއަށް ލިބެމުން ދިޔައީ އޭނާ ފޮނުވާ ލިޔުން ޖަހައިދެވެން ނެތްކަމަށްބުނެ “ރީގްރެޓް” ސިޓީތައް ކަމަށް އޭނާ ބުނެފައި ވެ އެވެ.

“ރީގްރެޓް” ސިޓީތައް ލިބެން ފެށުމުން ދެރަވި ކަމަށާއި އެހެން ނަމަވެސް އުންމީދު ކަނޑާނުލާކަމަށް އޭނާ ބުނެފައި ވެ އެވެ. އޭނާ ބުނެފައިވާގޮތުގައި އޭނާއަށް ލިބިފައިވާ “ރީގްރެޓް” ސިޓީގެ އަދަދު 300 އަށްވުރެ މައްޗަށް އަރަ އެވެ.

ރީގްރެޓް އައްޔަރަށް ލިބިފައިވާ ރީގްރެޓް ސިޓީތައް

“ރީގްރެޓް” އައްޔަރުގެ ދިރިއުޅުން ބަދަލުވެގެން ދިޔައީ ނޫހެއްގެ އެޑިޓަރަކާއި ސީދާ ބައްދަލުކުރި ހިސާބުންނެވެ.

“ރީގްރެޓް އައްޔަރު ކަންނާޑާ ނޫހެއްގެ އެޑިޓަރާ ބައްދަލުކުރީ އޭނާ ފޮނުވި ލިޔުމެއް ޖަހައިދެވެން ނެތްކަމަށްބުނެ އިތުރު “ރީގްރެޓް” ސިޓީއެއް ފޮނުވުމުންނެވެ.

އޭނާ ގޮސް އެ ނޫހުގެ އެޑިޓަރު ގާތު މިހާތަނަށް އެފަދަ އެތައް “ރީގްރެޓް” ސިޓީއެއް ލިބިފައިވާކަން ބުންޏެވެ. އެޑިޓަރު ބުނީ އެ ހުރިހާ ސިޓީއެއް ހިފައިގެން އައުމަށެވެ. އަދި އެ ހުރިހާ ސިޓީއެއް ހިފައިގެން އައުމުން ޖެހިގެން އައި ދުވަހު އެ ނޫހުގެ ކޮލަމެއްގައި “ރީގްރެޓް އައްޔަރު” މި ސުރުހީގެ ދަށުން އެ ނޫހުގެ އެޑިޓަރު ކޮލަމެއް ލިބުނެވެ. އަދި އެ ނޫހުގައި ރިޕޯޓަރެއްގެ ވަޒީފާ އޭނާ އަށް ދިނެވެ.

“ރީގްރެޓް އައްޔަރު” ވަނީ މިހާރު އޭނާގެ ނަން ޕާސްޕޯޓުގައްޔާއި ބޭންކް އެކައުންޓްގައްޔާއި އަދި އޭނާގެ ވެޑިން ކާޑުގައިވެސް އޭނާގެ ނަން “ރީގްރެޓް އައްޔަރު” ކަމުގައި ލިޔެފަ އެވެ. އޭނާ އެކަން ކުރީ ގާނޫނީ ގޮތުން އޭނާގެ ނަން ރަސްމީކޮށް ބަދަލުކޮށްގެންނެވެ. “ރީގްރެޓް އައްޔަރު” އަކީ އެ ސަރަހައްދުގައި މިހާރު މަޝްހޫރު މަގްބޫލު ނަމަކަށްވާއިރު ދަ ބުކް އޮފް އިންޑިއަން ރެކޯޑްސްގައިވެސް އޭނާގެ ނަން އޮވެ އެވެ. އެއީ އެންމެ ގިނަ “ރީގްރެޓް” ސިޓީ ލިބުނު މީހާގެ ރެކޯޑް އޭނާ ހޯދާފައިވާތީ އެވެ.

0
Ad by SportsPlus
ގުޅުން ހުރި
SHARE

LEAVE A REPLY