އެތައް ގާރީއެއްގެ ކިޔެވުން އެއް އެޕްލިކޭޝަނަކުން

0
ދުވަސް އެމްވީ
ގުޅުން ހުރި
Ads by Ooredoo Maldives

ކޮންމެ މީހެއްވެސް ޤުރުއާނުގެ ރިކޯޑިންގ އަޑުއަހާނެއެވެ. އެހެންނަމަވެސް އެކިއެކި ޤާރީންގެ ކިޔެވުމުގެ އަޑު ވަކިވަކިން ހޯދުމަކީ އުނދަގޫވާނެ ކަމެކެވެ. މިއޮތީ އެކަމަށް އޮތް ހައްލެކެވެ.

‎މަޝްހޫރު ގުރުއާން އެޕްލިކޭޝަން “ގުރުއާން ސެންޓުރަލް” މެދުވެރިކޮށް 270 ގާރީންގެ ގުރުއާން އަޑު އަހާލުމުގެ ފުރުސަތު ލިބޭނެއެވެ. މިއީ މިހާތަނަށް އުފެއްދި އެންމެ ބޮޑު “ޤުރުއާން ރިކޯޑިން” ކަލެކްޝަންއެވެ.

Ad by Poise Perfumes

މިއެޕްލިކޭޝަން މެދުވެރިކޮށް އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލާ ޑރ. މުހައްމަދު ޝަހީމް އަޑުން ވެސް ގުރުއާން އަޑު އަހާލެވޭނެއެވެ.

މިއެޕްލިކޭޝަންގެ އެންޑުރޮއިޑް ވާޝަން އާއި އައިއޯއެސް ވާޝަންވެސް މިހާރު ލިބެން އެބަހުއްޓެވެ.

‎މި އެޕްލިކޭޝަނާއި ޑެސްޓޮޕް ވާޝަން ވެސް ލިބެން ހުރިއިރު މި ވާޝަން މެދުވެރިކޮށް ވަކިވަކި ސޫރަތްތައް އަޑު އަހާލާ، ގުރުއާންގެ މާނަވެސް ބަލާލެވެއެވެ.

‎މިއެޕްލިކޭޝަން އަކީ ސައުތު އެފްރިކާގެ މުސްލިމް ސެންޓްރަލް އެޕްލިކޭޝަންގެ އުފެއްދުމެކެވެ.

ޤުރުއާން ސެންޓްރަލް ވެބްސައިޓު

އެންޑްރޮއިން އެޕްލިކޭޝަން

އައިފޯނު އެޕްލިކޭޝަން

0
Ad by SportsPlus
ގުޅުން ހުރި
SHARE

LEAVE A REPLY