ޕަދްމަވަތީ ރިލީޒް ކުރަން ގާތްވެފައިވަނިކޮށް ޑައިރެކްޓަރު ސަންޖޭއަށް އިންޒާރު ދީފި

0
ދުވަސް އެމްވީ
ގުޅުން ހުރި
Ads by Ooredoo Maldives

ބޮލީވުޑްގެ ކުޅަދާނަ ޑައިރެކްޓަރު، ސަންޖޭ ލީލާ ބަންސާލީ އޭނާގެ އައު ފިލްމު “ޕަދްމަވަތީ” ރިލީޒް ކުރަން ތައްޔާރުވަމުން އަންނައިރު އޭނާއަށް އިންޒާރު ދީފި އެވެ.

ސަންޖޭ ލީލާ ބަންސާލީ އަށް އިންޒާރު ދީފައިވަނީ “ޝްރީ ރާޖްޕުތު ޝަބާ” ނަމަކަށް ކިޔާ ޖަމާއަތުގެ ރައީސް ގިއްރާޖު ސިންގް ލޮޓްވަޅާ އެވެ. އޭނާ ބުނެފައިވަނީ ސަންޖޭ ލީލާ ބަންސާލީ މަގުމަތިން ފެނިގެން ޒުވާނަކު އޭނާއަށް ހަމަލާ ދިނަސް އެކަމުގެ ޒިންމާ ލޮޓްވާޅާ ނުއުފުލާނެ ކަމަށެވެ.

Ad by Poise Perfumes

ސަންޖޭ އަށް މި އިންޒާރު އައިސްފައިމިވަނީ ޕަދްމަވަތީ ރިލީޒް ކުރުން ހުއްޓުވުމަށް އެދި އެ ޖަމާއަތުން އިންޑިއާގެ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބޭރުކޮށްލާފައިވާ ދަނޑިވަޅެއްގަ އެވެ.

އަންނަ މަހުގެ އެއްވަނަ ދުވަހު ރިލީޒް ކުރުމަށް ހަމަޖެހިފައިވާ ޕަދްމަވަތީ ރިލީޒް ކުރުން ހުއްޓުވައިދިނުމަށް ސުޕްރީމް ކޯޓުގައި އެދިފައިވަނީ ތާރީހީ ފެކްޓުތަކެއް މި ފިލްމުގައި އޮޅުވާލާފައިވާކަމަށް ބުނެ އެވެ.

0
Ad by SportsPlus
ގުޅުން ހުރި
SHARE

LEAVE A REPLY