ޖިންސީ އަނިޔާ: އާންމުވަމުންދާ ނުރައްކަލެއް

0
އައިޝަތު ސަދާ ސައީދު
ގުޅުން ހުރި
Ads by Ooredoo Maldives

އަދުގެ ކުޑަކުދިންނަކީ މާދަމާގެ ޒުވާނުންނެވެ. ގައުމު ހިންގުމުގެ މުގުލުގައި ހިފަންތިބި ގައުމުގެ މޭސްތިރީންނެވެ. މައިންބަފައިންގެ ދެލޮލުގެ ނޫރެވެ. ހިތުގެ ފިނިކަމެވެ. ކޮންމެ މަޔަކާއި ބަފަޔަކުވެސް އެމީހުންގެ ދަރިން ބަލާ ބޮޑު ކުރަނީ އެތަށް ފޮނި އުންމީދުތަކަކާއި އެކުގައެވެ. ތިމާގެ ދަރިންނަކީ ޤައުމުގައި ބޭނުންތެރި ދަރިއަކަށްވެ، އެ ދަރިންގެ ފަރާތުން މައިންބަފައިންގެ ހުރިހާ އުންމީދެއް ފުރިހަމަވާން ކޮންމެ މަޔަކުވެސް އެދޭނެއެވެ. ނަމަވެސް “ޖާހިލުކަމުގެ” ހިޔަނި އެޅިފައިވާ މި މުޖްތަމައުތަކުގައި ބޮޑެތިވަމުން އަންނަ އެ މައުސޫމު ކުދީން ވަނީ، ބިރުވެރި ކަމެއްގެ ތެރެއަށް ހުށަހެޅިފަ އެވެ. އެދުންވެރިކަމުން ފޯވެފައިތިބި ދަށު ދަރަޖައިގެ ބައެއްގެ ޖިންސީ ޝިކާރައަށް ވެފައި ވަނީ، އަޅުގަނޑުމެންގެ އެ ލޮބުވެތި ދަރީންނެވެ. އެތައް ވޭނަކާއި ބުރައަކަށް ފަހު ބޮޑުކުރާ ދަރިފުޅު މީހެއްގެ ޖިންސީ ޝިކާރައަކަށް ވާން ބޭނުންވާނީ ކާކުތޯ އެވެ؟ ހިތާމަ ކުރަންޖެހޭ ކަމަކީ މި ފަދަ ނާތަހިޒީބު ޢަމަލްތައް ފޮރުވަން އުޅޭ ބަޔަކުވެސް އަދުގެ މުޖުތަމަޢުގައި އުޅެމުންދާ ކަމެވެ.

ކުޑަކުއްޖަކަށް ޖިންސީ ގޯނާކޮށްފިއޭ ބުނާ އަޑު ނީވޭ ދުވަހެއް މިހާރު މަދެވެ. ނަމަވެސް ހިތާމަޔަކީ މިފަދަ ޢަމަލްތަށް ހުއްޓުވަން އެންމެ އެދެވޭ މިންވަރަށް އަދި މި ރާއްޖޭގައި މަސައްކަތް ކުރެވެމުން ނުދާކަމެވެ. އެއީ އަންހެންކުއްޖަަށް ވިޔަސް ފިރިހެން ކުއްޖަކަށް ވިޔަސް ޖިންސީ އަނިޔާއެއް އެކުއްޖަކަށް ކޮށްފި މީހާ އެ ކުރީ މމ ދުނިޔެމަތީގައި އޭނާޔަށް ކުރެވޭނޭ އެންމެ މުޑުދާރު އެއް އަމަލެވެ.

Ad by Poise Perfumes

ފަހެ މި ޢަމަލްތައް ކުރާ މީހުންގެ ހިތުގައި މާތް ރަސްކަނލާންގެ ޙަޒުރަތަށް ބިރުވެތިކަމެއްވެސް ނެތީބާއޭ އަޅުގަނޑު ހިތަށް އަރައެވެ. ތިމާގެ އަތުން މި ހަލާކު ކޮށްލެވެނީ ކިތަށް ބައެއްގެ ދިރިއުޅުންބާއޭ އެއްފަހަރު ވިސްނާލާނެ ނަމައެވެ. ތިމާއަށް މި ކުރެވޭ މުޑުދާރު ޢަމަލުގެ ސަބަބުން ބައެއްގެ ލޮލުގެ ފިނިކަން ކަމުގައިވާ ދަރިންގެ ދިރިއުޅުން އަނދިރި ގަނޑަކަށް ބަދަލުވެގެންދާކަން ވިސްނޭނެ ނަމައެވެ.

ނަމަވެސް ހިތާމަޔަކީ އަހަރެމެންގެ ތެރެއިން ބައެއް މައިންބަފައިންނަށް އެނގި ހުރެމެ މި ފަދަ އަނިޔާތަށް އެމީހުންގެ ދަރިންނަށް ލިބިގެންދާ ކަމެވެ. މިފަދަ މައިންބަފައިންނެކޭ އެކަން އެ ކުރާ މީހާއެކޭ އޮތް ތަފާތަކީ ކޮބާ ހެއްޔެވެ.؟ އެކަންތަށް އެހެން މީހުންނަށް އެނގިދާނެތީ ނޫނީ މުޖުތަމަޢުގައި އާއިލާގެ ޤަދަރު ވެއްޓިދާނެތީ އޭ ކިޔާފަ މި އަމަލްތައް ސިއްރު ނުކުރާށެވެ. އެހެނީ އެހެން އެކަންތައް ސިއްރުކުރާ ކޮންމެ ދުވަހަކީ އެ އަމަލްތަށް ހިންގާ ފަރާތަކަށް ދެވޭ އިތުރު ހިތްވަރަކަށް ވެގެން ދާނެތީއެވެ.

ކުޑަކުދީންނަށް ޖިންސީ ގޯނާކުރުން ފަދަ އަމަލުތައް މިހާރަކަށް އައިސް އާންމުވާން ދިމާވާ އެއް ސަބަބެއްގެ ގޮތުގައި އެފަދަ ކުށްތައް ކުރާ މީހުންނަށް އެކަށީގެންވާ އަދަބު ނުދެވުން ހިމެނޭކަމަށް ފާހަނގަކުރަންޖެހެއެވެ. އެގޮތުން އަނިޔާ ލިބޭ މީހާ އަށް އިންސާފު ލިބުމުގައި ދަތިކަން ހުރުމަކީ ވެސް އެފަދަ އަމަލުތައް އިތުރުވެ ކުށްކުރާ މީހާ އަލުން އެކަމުގައި މުޖުތަމައަށް ނުކުތުމަށް ދެވޭ ހިތްވަރެކެވެ. އެހެންކަމުން އެއްވެސް ގޮތަކަށް އެފަދަ މީހުންނަށް ހިތްވަރު ދެވޭފަދަ ކަމެއް ނުކޮށް އެމީހުންނަށް ދޭންވާ ޙައްޤު އަދަބުދީ އިންސާފު ލިބެންޖެހޭ ފަރާތްތަކަށް އިންސާފު ހޯދައިދޭން އެންމެން މަސައްކަތް ކުރާށެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގައި ބުނާގޮތުން، އާއިލާގެ މީހަކު ކުޑަކުއްޖަކާ މެދު ބަދުއަހުލާގީ އަމަލެއް ހިންގައިފި ނަމަ އެ ކުރީ ކުށެކެވެ. އެ ކުށުގެ އަދަބަކީ ކުށްކުރި މީހާ 20 އަހަރާއި 25 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ. އަދި އެފަދަ ކަމަކަށް އާއިލާގެ މެންބަރަކު ހިތްވަރު ދިނުމަކީ ވެސް ގާނޫނުގައި ބުނާގޮތުން ނަމަ ކުށަކަށްވާ އިރު އޭނާގެ އަދަބަކީ ވެސް 20 އަހަރާއި 25 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

ކޮންމެއަކަސް އެފަދަ އަނދިރިކަމަކަށް ދަރިފުޅު ވެއްޓުނަ ނުދީ ހިފެހެއްޓުމަކީ މުޅި އާއިލާގެ ބޮޑު މަސްއޫލިއްޔަތެކެވެ. ކުއްޖާއަކީ ހިތްހަމަޖެހިގެން އުފަލުގައި ބޮޑުވާ ކުއްޖަކަށް ހަދަންޖެހެ އެވެ. ދަރިފުޅު އުޅެނީ ކޮންތާކު ކޮންބަޔަކާ އެކީ ކަން އަދި ކުރަނީ ކީއްކަން ބަލަން ވާނެ އެވެ. މާދަމާގެ ގައުމުގެ މުގުލުގައި ހިފަން ތިބި ޒުވާނުންގެ މުޅި ދިރިއުޅުން ޅައުމުރުގައި އަނދިރި ވަޅުގަނޑަކަށް ވައްޓާލެވިއްޖެ ނަމަ ގައުމު ހަމަމަގަށް އަޅުވާނީ ކިހިނެއްތޯ އެވެ؟ މި ކަންކަމާއި މެދު ވިސްނާލުން މުހިންމެވެ.

0
Ad by SportsPlus
ގުޅުން ހުރި
SHARE

LEAVE A REPLY