އަންހެނުންނަށް މަހުރަމަކާ ނުލާ ހައްޖަށް ދެވޭގޮތަށް އިންޑިއާގެ ގާނޫނަށް ބަދަލު ގެންނަނީ

0
ދުވަސް އެމްވީ
ގުޅުން ހުރި
Ads by Ooredoo Maldives

އަންހެނުންނަށް މަހުރަމަކާނުލާ ހައްޖަށް ދެވޭގޮތަށް އިންޑިއާގެ ގާނޫނަށް އިސްލާހު ގެންނަން އިންޑިއާގެ ހައްޖު ޕޮލިސީ ޕެނަލުން ހުށަހަޅައިފި އެވެ.

މި ހުށަހެޅުމުގައި ބުނެފައިވަނީ އުމުރުން 45 އަހަރުން މަތީގެ އަންހެނުން ދަތުރު ކުރަނީ ހަތަރު މީހުންގެ މައްޗަށް އެކުލެވޭ ގްރޫޕެއްގައި ނަމަ މަހްރަމަކާނުލާ ދަތުރު ކުރެވިދާނެ ކަމަށެވެ. މި އިސްލާހު ބަލައިގެންފިނަމަ އަންނަ އަހަރުން ފެށިގެން އިންޑިއާގައި އަމަލުކުރާނީ މިގޮތަށް ކަމަށް އެ ޕެނަލުން ބުނެފައި ވެ އެވެ.

Ad by Poise Perfumes

މިއީ އިންޑިއާގެ ހައްޖު ޕޮލިސީއަށް އިސްލާހެއް ހުށަހެޅި ފުރަތަމަ ފަހަރު ކަމުގައިވާއިރު އިންޑިއާގެ ހައްޖު ކޮމިޓީގެ ފަރާތުން މީޑީއާއަށް މައުލޫމާޓު ދެމުން މަޤްސޫދު އަހުމަދު ޚާން ބުނެފައިވަނީ އަންހެނުން މަހުރަމަކާއެކު ދަތުރުކުރުން އެއީ ކުރީއްސުރެ އޮންނަ ގޮތް ކަމަށާއި އެގޮތަށް އަމަލު ކުރަމުންދަނީ އެ އަންހެނެއްގެ ރައްކާތެރިކަމަށްޓަކައި ކަމަށެވެ. އަދި މި އިސްލާހަކީ ރަނގަޅު އިސްލާހެއް ކަމަށް އޭނާ ބުނެފައި ވެ އެވެ.

އިންޑިއާގެ ހައްޖު ކޮމިޓީން ހާމަކޮށްފައިވާގޮތުގައި މި އަހަރުވެސް އިންޑިއާއިން ހައްޖަށްދިޔަ މީހުންގެ ތެރޭގައި އެއް ލައްކަ ހަތްދިހަ ހާހަށްވުރެ ގިނަ އަންހެނުން ހިމެނެ އެވެ.

0
Ad by SportsPlus
ގުޅުން ހުރި
SHARE

LEAVE A REPLY