ފިލްމު “ގޯލްމާލް އަގޭން” ގެ ޓިކެޓު ޕާކިސްތާނުގައި ވިއްކަން ފަށައިފި

0
ދުވަސް އެމްވީ
ގުޅުން ހުރި
Ads by Ooredoo Maldives
މި ލިޔުމާއިމެދު ދެކެނީ ކިހިނެއް ؟
ސަޅިތަ
ސަޅި ލޯބި މަޖާ ހައިރާންވި ދެރަވީ ރުޅި އައީ
4511

އަންނަ މަހުގެ 20 ވަނަ ދުވަހު ރިލީޒް ކުރުމަށް ހަމަޖެހިފައިވާ ފިލްމު “ގޯލްމާލް އަގޭން” ގެ ޓިކެޓް ޕާކިސްތާނުގައި ވިއްކަން ފަށައިފި އެވެ.

ރޯހިތު ޝެޓީގެ މި ފިލްމުގެ ޓިކެޓު ޕާކިސްތާނުގައި ވިއްކަން ފަށާފައިވާއިރު ފިލްމުގެ ޕްރޮމޯޝަނަލް ޓީމުން ބުނެފައިވަނީ މި ފިލްމުގައި ޕާކިސްތާނު ރައްޔިތުން އަދި ޕާކިސްތާނު ސަރުކާރުން ކަންބޮޑުވާން ޖެހޭ އެއްވެސް ކަމެއް ނެތް ކަމަށާއި މި ފިލްމަކީ ޕާކިސްތާނުގައިވެސް ވަރަށް މަގްބޫލު ފިލްމަކަށް ވެގެންދާނެ ކަމުގައި އުންމީދު ކުރާ ކަމަށެވެ.

އިންޑިއާގެ ދިވާލީއާއި ދިމާކޮށް ރިލީޒް ކުރުމަށް ތައްޔާރުވަމުން އަންނަ މި ފިލްމު ދުނިޔޭގެ އެކި ގައުމުތަކުގައި އެއްވަގުތެއްގައި ރިލީޒް ކުރުމަށް މި ފިލްމުގެ ޕްރޮމޯޝަނަލް ޓީމުން އަންނަނީ ތައްޔާރުވަމުންނެވެ. އެ ގައުމުތަކުގެ ތެރޭގައި ޕޯޗުގަލް، ޕެރޫ، ޖަޕާނު، ޔޫކްރޭނު، ޕެނެމާ އަދި އުތުރު އެމެރިކާ ހިމެނެ އެވެ.

މި ފިލްމަކީ ގޯލްމާލްގެ ސީކުއެލް އެކެވެ. ފިލްމުގައި ލީޑްރޯލު ކުޅެފައިވާ ތަރިންގެ ތެރޭގައި އަޖޭ ދޭވްގަން، ޕަރިނީތީ ޗޯޕުޅާ، ތާބޫ، ތުޝާރު، އަރްޝަދު ވަރްސީ، ޝްރެޔާސް ތަލްޕަޅޭ އަދި ކުނާލް ކެއްމޫ ހިމެނެ އެވެ. މިއީ ގޯލްމާލް ސީކުއެލްގެ ހަތަރުވަނަ ފިލްމެވެ.

0
މި ލިޔުމާއިމެދު ދެކެނީ ކިހިނެއް ؟
ސަޅިތަ
ސަޅި ލޯބި މަޖާ ހައިރާންވި ދެރަވީ ރުޅި އައީ
4511
ގުޅުން ހުރި
SHARE

LEAVE A REPLY