އަމީތާބު އަދި އޭނާގެ އާއިލާ ރާއްޖެ އަތުވެއްޖެ

0
ދުވަސް އެމްވީ
ގުޅުން ހުރި
Ads by Ooredoo Maldives

މީގެ ތިން ދުވަސް ކުރިން އަމީތާބު އޭނާގެ ރަސްމީ ބްލޮގުގައި ލިޔުނު ޕޯސްޓަކަށް ރިއާޔަތްކޮށް، އޭނާ އުފަންދުވަސް ފާހަގަކުރަން ރާއްޖެ ނާންނާނެ ކަމަށް ބުނި ނަމަވެސް އަމީތާބު އާއި އޭނާގެ އާއިލާ ރާއްޖެ އަތުވެއްޖެ އެވެ.

އަމީތާބު ރާއްޖޭގެ އެއާޕޯޓް ތެރޭގައި ނަގާފައިވާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނައިރު އަމީތާބާއެކު އޭނާގެ އަންހެނުން ޖަޔާ ބައްޗަން އާއި އެދެމަފިރިންގެ ދަރި އަބީޝޭކް ބައްޗަން އާއި އަބީޝޭކްގެ އަންހެނުން، އަދި ބޮލީވުޑް މަޝްހޫރު ބަތަލާ އައިޝްވާރިޔާ ރާއިވެސް އަދި އެދެމަފިރިންގެ ދަރިވެސް ވަނީ ރާއްޖެ އައިސްފަ އެވެ.

Ad by SportsPlus

މީގެ ކުރިން އަމީތާބުގެ ގާތް ރައްޓެއްސަކު އިންޑިއާގެ ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ އަމީތާބު އަދި އޭނާގެ އާއިލާ ރާއްޖެ އައިސް ތިބުމަށް ހަމަޖެހިފައިވަނީ ކުރިންވެސް ރާއްޖެ އައިސް ތިބި ރިސޯޓުގައި ކަމަށެވެ.

އަމީތާބަށް މާދަމާ 75 އަހަރު ފުރޭނެ އެވެ. ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި 75 ވަނަ އުފަންދުވަސް މާ ކުލަގަދަ ގޮތެއްގައި ފާހަގަކުރަން އަމީތާބު ބޭނުމެއް ނުވެ އެވެ. އެގޮތުން ރާއްޖެ އައުމަށް ނިންމީ އާއިލާއާއިއެކު އާދައިގެ ގޮތެއްގައި އުފަންދުވަސް ފާހަގަކުރަން ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައި ވެ އެވެ.

0
Ad by SportsPlus
ގުޅުން ހުރި
SHARE

LEAVE A REPLY