ވާވޭ މޭޓް 10 ޕްރޯގެ ފޮޓޯއެއް ލީކު ކޮށްލައިފި !

0
މޫސާ ފަތުހީ
ގުޅުން ހުރި
Ads by Ooredoo Maldives
މި ލިޔުމާއިމެދު ދެކެނީ ކިހިނެއް ؟
ސަޅިތަ
ސަޅި ލޯބި މަޖާ ހައިރާންވި ދެރަވީ ރުޅި އައީ
312

އެޕަލް ކުންފުނިން އެ ކުންފުނީގެ ސްމާޓްފޯން ލައިނަށް ތިން ފޯނު މިދިޔަ މަހު އިތުރުކޮށްފައިވާއިރު ޗައިނާގެ ވާވޭ ކުންފުނިން އަންނަނީ މި މަސްތެރޭގައި ތިން ފޯނު ތައާރަފު ކުރުމަށް ތައްޔާރުވަމުންނެވެ. އެއީ ވާވޭ މޭޓް 10، ވާވޭ މޭޓް 10 ޕްރޯ އަދި ވާވޭ މޭޓް 10 ލައިޓް އެވެ.

ވާވޭގެ ފޯނުތައް ތައާރަފްކުރާ އިވެންޓް މި މަހުގެ 16ގައި ބާއްވާނެކަން ކަށަވަރުވެފައިވާއިރު ވާވޭ މޭޓް 10 ޕްރޯ ފޯނު ފެނިގެންދާނޭ ގޮތް ކަމުގައި ބެލެވޭ ފޮޓޯއެއް މިވަނީ ފެންމަތި ވެފަ އެވެ.

މި ފޮޓޯ ފެންމަތި ކޮށްފައިވަނީ ލީކު ކުރުމުގައި ފިސާރި ކުރީގައި އުޅޭ އިވާން ބްލާސް އެވެ. ފޮޓޯއެއް އެޓޭޗްކޮށް އޭނާ އިއްޔެ ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ އެ ފޮޓޯގައި އެވަނީ ވާވޭ މޭޓް 10 ޕްރޯ ކަމަށެވެ.

ވާވޭއިން މި މަސް ތެރޭގައި ތިން މޮޑެލް ތައާރަފް ކުރާނެކަންވެސް ލީކުކޮށްލާފައިވަނީ ބްލާސް އެވެ. އޭނާ ކުރިން ބުނެފައިވަނީ ވާވޭ މޭޓް 10 ޕްރޯ މޮޑެލްގައި ހިމަނާފައިވަނީ “އެޖް ޓު އެޖް” ޑިސްޕްލޭ އެއް ކަމަށާއި އެ ފޯނުގައި ތިން ކެމެރާ ހިމެނޭނެ ކަމަށެވެ. އެއީ ފަހަތުގައި 12 މެގަޕިކްސެލް އަދި 20 މެގަޕިކްސެލްގެ ޑުއަލް ކެމެރާއެއްގެ އިތުރުން ކުރިމަތީގައި އަށް މެގަޕިކްސެލްގެ ކެމެރާއެއް ކަމަށެވެ.

ވާވޭގެ އައު ފޯނުތައް މި މަހުގެ 16 ގައި ދައްކާލާނެކަން ކަށަވަރުވެފައިވާއިރު މީގެ ކުރިން ތަފާތު އެހެންކަމެއްވެސް ވަނީ ފެންމަތި ވެފަ އެވެ. އެއޭ މޭޓް 10 ލައިޓް މޮޑެލްގައި ހަތަރު ކެމެރާ ހިމަނާފައިވާކަމަށް ދެކެވޭ ވާހަކަ އެވެ.

0
މި ލިޔުމާއިމެދު ދެކެނީ ކިހިނެއް ؟
ސަޅިތަ
ސަޅި ލޯބި މަޖާ ހައިރާންވި ދެރަވީ ރުޅި އައީ
312
ގުޅުން ހުރި
SHARE

LEAVE A REPLY