މުންކަރާތްތައް ޢާއްމުވިވަރަކަށް ހުޅަނގުގެ ތާޢީދު ލިބޭނެ: އައްޝައިޚް ޙަސަންމޫސާ

3
ޖަމްޢިއްޔަތުއްސަލަފް
ގުޅުން ހުރި
Ads by Ooredoo Maldives

އެޤައުމެއްގައި މުންކަރާތްތައް ޢާއްމުވިވަރަކަށް ހުޅަނގުގެ ތާޢީދު ލިބޭނެކަމަށް ޖަމްޢިއްޔަތުއްސަލަފުގެ ނައިބުރައީސް އައްޝައިޚް ޙަސަން މޫސާ ފިކުރީ ވިދާޅުވެއްޖެއެވެ.

އައްޝައިޚް ޙަސަން މޫސާގެ ފޭސްބުކްޕޭޖުގައި މިއަދު ކުރެއްވި ސްޓޭޓަސްއެއްގައި ވިދާޅުވެފައިވަނީ އިސްލާމްދީނުގެ ޢަދުއްވުން އެދެނީ މުސްލިމުންގެ ތެރޭގައި ފާޙިޝް ޢަމަލުތަކާއި މުންކަރާތްތައް އިތުރުވުމަށްކަމަށެވެ.

Ad by Poise Perfumes

“އިސްލާމްދީނުގެ ޢަދުއްވުން އެދެނީ މުސްލިމުންގެ ތެރޭގައި ފާޙިޝް ޢަމަލުތަކާއި މުންކަރާތްތައް އިތުރުވުމަށެވެ. އެޤައުމެއްގައި މުންކަރާތްތައް ޢާއްމުވިވަރަކަށް ހުޅަނގުގެ ތާޢީދު ލިބޭނެއެވެ” ޝައިޚް ގެ ސްޓޭޓަސްގައި ވެއެވެ.

ޝައިޚް ގެ ސްޓޭޓަސްގައި އިތުރަށް ވިދާޅުވެފައިވަނީ މިނިވަންކަމާއި، ޙައްޤުތަކުގެ ނަމުގައި ކުރާ ދަޢުވާތަކަކީ ހަގީގަތުގައި މާތްވެގެންވާ އިސްލާމްދީނުގެ އުޞޫލުތައް ދޫކޮށްލުމަށް ގޮވާލާ ގޮވުންތަކެއްކަމަށެވެ.

ސޯޝަލްމީޑިއާގައި އެންމެފަހުން ވައިރަލް ވެގެންދިޔަ ޚަބަރަކީ ސައޫދީ ޢަރަބިއްޔާއަށް ތަފާތު ބަދަލުތައް އަންނަމުންދާކަމުގެ ޚަބަރުތަކެވެ. އެގޮތުން ސައޫދީ ޢަރަބިއްޔާގެ ރިޔާޟުގައި ޤައުމީ ދުވަސް ފާހަގަކުރި އިރު ފިރިހެނުންނާއި އަންހެނުން މައްސުނިވެ ޑީޖޭ ހަދައި، ނަށާފައިވެއެވެ. އަދި މިފަދަ އެންމެހައި ފާޙިޝް ނުބައި ޢަމަލުތަކަށް ހުޅަނގުގެ އެކިއެކި ފަރާތްތަކުން މަރުޙަބާ ކިޔަމުންދާކަން ފާހަގަކޮށްލަން ޖެހެއެވެ.

0
Ad by SportsPlus
ގުޅުން ހުރި
SHARE

3 ކޮމެންޓް

  1. Hama rangalhah thi bunee

  2. ޝައިޚް ޙަސަން އަށް ވަރަށް ބޮޑަށް ޝުކުރިއްޔާ ތި ވިދާޅުވި ބަހަށް، ޙައްޤުބަހަކީ މިއަދު ވަރަށް މަދު އެއްޗެއް

  3. އަސްލުވެސް ދޯ

LEAVE A REPLY