ކުފުރު އެއީ އެއް މިއްލަތެއް: އައްޝައިޚް އަޙްމަދު ސަމީރު

0
ޖަމްޢިއްޔަތުއްސަލަފް
ގުޅުން ހުރި
Ads by Ooredoo Maldives

ކުފުރު އެއީ އެއް މިއްލަތެއްކަމަށާއި މުސްލިމުންނާއިދެކޮޅަށް ހަތިޔާރު އުފުލަން ވެއްޖެއްޔާ އެބައިމީހުން އެއްގަލަކަށް އަރާނެކަމަށް އައްޝައިޚް އަޙްމަދު ސަމީރު ބިން އިބްރާހީމް ވިދާޅުވެއްޖެއެވެ.

ޖަމްޢިއްޔަތުއްސަލަފުގެ ސްޓޫޑިއޯއިން ބުދަ ދުވަހުގެ ރޭ ލައިވްކޮށް ގެނެސްދިން ‘އޮނަތިރީސް މިނެޓް’ ގެ 45 ވަނަ ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ޝައިޚް ސަމީރު ވިދާޅުވީ ހައްދުފަހަނައަޅާފައިވާ ބުޑިސްޓުން ރޮހިންޖާ މުސްލިމުންނާއި ދޭތެރޭ ހިންގަމުންގެންދާ ލާއިންސާނީ ޖަރީމާތަކަކީ އެއީ ހަމައެކަނި އެބައިމީހުންނަކީ މުސްލިމުންނަށްވީތީ ހިންގަމުންގެންދާ ޖަރީމާތަކެއްކަމަށާއި އިންޑިއާ ފަދަ ބުޑިސްޓު ދައުލަތަކުން މިޔަންމާ ސަރުކާރަށް ‘ޓެރަރިޒަމް’ ގެ ނަމުގައި މުސްލިމުން ނައްތާލުމަށް އެހީވަނީ އެހެންވެގެންކަމަށެވެ.

Ad by Poise Perfumes

“އިންޑިއާ އަކީ ބުޑިސްޓު ދައުލަތެއް. މިޔަންމާ ސަރުކާރަކީވެސް ބުޑިސްޓު ދައުލަތެއް. ‘ޓެރަރިޒަމް’ ގެ ނަމުގައި ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް ޤަތުލުޢާއްމު ހިންގަމުންގެންދާ މިޔަންމާ ސަރުކާރަށް ހުރިހާ ގޮތަކުންވެސް އެއްބާރުލުންދޭން އިންޑިއާ ސަރުކާރުން އެވަޢުދުވީ އެއީ ކުފުރަކީ އެއް މިއްލަތެއްގެ ބަޔަކަށްވާތީ. އެބައިމީހުންގެ ދޭތެރޭގައިވެސް އެބަހުރި ބޮޑެތި މައްސަލަތައް. ނަމަވެސް މުސްލިމުންނާއިދެކޮޅަށް ޤަތުލުއާއްމު ހިންގުމަށް އެއްގަލަކަށް އެރީ އެއީ އެބައިމީހުންނަކީ އެއް ޢަޤީދާއެއްގެ ބަޔަކަށްވާތީ.” އައްޝައިޚް އަޙްމަދު ވިދާޅުވިއެވެ.

އިންޑިއާގައި ދިރިއުޅޭ މިޔަންމާގެ ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނަކީ ޤަވާއިދާ ހިލާފަށް އެގައުމަށް އެތެރެވެފައިވާ ހިޖުރަވެރިން ކަމަށާއި އެމީހުން ޑީޕޯޓް ކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް އިންޑިއާ އިން ދާދިފަހުންވަނީ ބުނެފައެވެ. އަދި އިންޑިއާގެ ޖަލުތަކުގައި ހައްޔަރުކޮށްފައިވާ މިޔަންމާގެ ބައެއް ބުޑިސްޓު މީހުން މިނިވަން ކުރާނެކަމަށްވެސް އިންޑިއާއިންވަނީ ބުނެފައެވެ. މީގެ އިތުރުން ރޮހިންޖާ މުސްލިމުންނާއިދެކޮޅަށް މިޔަންމާ ސިފައިން ހިންގަމުންގެންދާ ލާއިންސާނީ ޖަރީމާތަކަށް އެއްބާރުލުން ދޭނެކަމަށް އިންޑިއާގެ ބޮޑުވަޒީރު މިޔަންމާއަށް ކުރި ދަތުރުގައި ވަނީ ވަޢުދުވެފައެވެ.

0
Ad by SportsPlus
ގުޅުން ހުރި
SHARE

LEAVE A REPLY